English Edition
Dhivehi Edition

އިންޑިޔާގެ މަޝްހޫރު ފިލްމީތަރި އިމްރާން ޙާޝްމީގެ ދަރިފުޅު އަޔާން ފަސްއަހަރުވަންދެން ކެންސަރާ ހަނގުރާމަކުރުމަށްފަހު މިހާރު ރަނގަޅުވެއްޖެ ކަމަށް އިމްރާން ބުނެފިއެވެ. އިމްރާން ބުނީ މިއީ 5 އަހަރުވަންދެން ކުރި އުއްމީދުގެ ނިމުން ކަމަށެވެ.އަދި އޭނާގެ ދަރިފުޅަށް އަވަސް ޝިފާއެއް ލެއްވުންއެދި ދުއާކުރި ހުރިހާ އެންމެންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

އިމްރާން ޙާޝްމީއާއި ޕަރްވީން ޝަހާނީގެ ފުރަތަމަ ދަރިފުޅު އަޔާން އުފަންވީ 2010 ގެ ފެބްރުއަރީގައެވެ.އަޔާންއަށް ކެންސަރުގެ ފުރަތަމަ ސްޓޭޖް ޖެހިގެން ފަރުވާދޭންފެށީ އޭނާގެ އުމުރުން 4 އަހަރުގައި 2014 ގައެވެ.ފުރަތަމަ ދުވަސްކޮޅުގައި އިމްރާން ހުރީ މިކަމާ ވަރަށް ކަންބޮޑުވެ ގޮތް ނޭނގިފައެވެ.ނަމަވެސް މިކަމާއި ބެހޭ މައުލޫމާތު ލިބުމުން އޭނާ އަށް ހިތްހަމަޖެހުމެއް ލިބުނެވެ.

އިމްރާން ވަނީ މިކަންތައްކާއި ގުޅިގެން ފޮތެއްވެސް ނެރެފައެވެ.”ދި ކިސް އޮފް ލައިފް- ހައު އަ ސުޕަހީރޯ އެންޑް މައި ސަން ޑިފީޓެޑް ކެންސާ” މީގައި ވަނީ އޭނާގެ ދިރިއުޅުމުގެ ވާހަކައާއި އާއިލާއާއި އޭނާގެ ދަރިފުޅުގެ ވާހަކައިގެ އިތުރުން ކެންސަރާއި ކެންސަރުން ފަރުވާހޯދުމަށް ކުރި މަސައްކަތުގެ ވާހަކަތަ