English Edition
Dhivehi Edition

ބައިނަލްއަގްވާމީ ހަތްވަނަ ބޭސިކް ޑައިވިންގ ކޯސް މިއަދު ފަށައިފިއެވެ.

މިއަދު ކޯސްޓްގާޑް ބިލްޑިންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މި ކޯސް ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އެމްއެންޑީއެފުން ވިދާޅުވީ މިއީ ބޭރުގެ އަސްކަރިއްޔާތަކުން ބައިވެރިވެގެން ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހިންގާ ހަތް ވަނަ ބޭސިކް ޑައިވިންގ ކޯސް ކަމަށެވެ.

މި ކޯސް ކުރިޔަށް ދާނީ މިމަހުގެ 14 އިން ފެށިގެން 16 ހަފުތާގެ މުއްދަތަށް ކ.ގިރިފުށީ ޓްރޭނިންގ ސެންޓަރުގައެވެ. މި ކޯހުގައި 8 މާއްދާއެއް ކިޔަވައި ދޭއިރު އޭގެ ތެރޭގައި ޑައިވިންގގެ ތާރީޚާއި، ފިޒިކްސް އެންޑް ފިޒިއޮލޮޖީ އޮފް ޑައިވިންއާއި، ޑައިވިންގ އޮޕަރޭޝަންގައި ޑައިވް އިކްއިޕްމަންޓްސް އެންޑް އެކްސެސަރީސް ބޭނުންކުރާނެ ގޮތާއި، ޑައިވިންގ ކޮމިއުނިކޭޝަނާއި ޑައިވް ޓޭބަލްސްގެ ބޭނުމާއި، ޑައިވިންގ ސޭފްޓީ އަދި ޑައިވިންގ ސަރޗް ޕެޓާންސްއާއި، ފިޒިކަލް ޓްރޭނިންގ، ސްވިމިން އަދި ޑައިވިންގ ސްކިލްސް، ޑައިވިންގ ފަސްޓްއެއިޑް، މިޝަން ޕްލޭނިންގގެ އިތުރުން ހާލުގައިޖެހޭ އުޅަނދުފަހަރު ސަލާމަތްކުރާނެ ތަމްރީނު ވެސް މިކޯހުގެ ބައިވެރިންނަށް ދަސްކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ

އެމްއެންޑީއެފްއިން ވިދާޅުވީ މިއީ އިނގިރޭސި މީޑިއަމަށް ހިންގާ ކޯހެއް ކަމަށާއި މި ކޯހުގައި ޖުމްލަ 21 ދަރިވަރުން ބައިވެރިވެފައިވާކަމަށެވެ. އޭގެ ތެރޭގައި ބޭރު އަސްކަރިއްޔާތަކުން 8 ސިފައިން ބައިވެރިވިއެވެ. މިގޮތުން ނޭޕާލް އާމީގެ ސިފައިންގެ ބޭކަލަކާއި، އިންޑިއާ ކޯސްޓްގާޑުގެ ސިފައިންގެ ބޭކަލެއްގެ އިތުރުން ސްރީލަންކާގެ 6 ސިފައިންގެ ބޭކަލުން ހިމެނެއެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑުގެ 13 ސިފައިން މި ކޯހުގައި ވަނީ ބައިވެރިވެފައެވެ.