English Edition
Dhivehi Edition

ހިތަދޫ އެޅަދީދީ މަގުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް ސްޓޭޓް ބޭންކް އޮފް އިންޑިއާ ތެރެއަށް ވަދެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިޘާ ހިނގާފައި ވަނީ މިއަދުގެ 14:15 ހާއިރުގައެވެ. އެވަގުތު ކާރުގައި އިނީ އަންހެނެ އެކަންޏެވެެ. އަދި މަންޒަރު ދުށް ފަރާތަކުން އޭއޯ ނިއުސް އަށް މަޢުލޫމާތު ދެމެން ބުނެފައިވަނީ ކާރު މަގުގެ އެއް އަރިމަތީގައި އޮވެފައި ޔޫ ޓާން އެއް ނެގިވަގުތު ކޮންޓްރޯލް ނުކުރެވިގެން ގޮސް ބޭންކްގެ ބިއްލޫރި ގަނޑުގައި ޖެހުނީ ކަމަށެވެ.

މި އެކްސިޑެންޓްގެ ސަބަބުން ބޭންކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ. އަދި ކާރަށް ވެސް އެކިވަރުގެ ގެއްލުންތަކެއް ލިބިފައި ވެއެވެ. މިޙާދިޘާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމަށް މަޢުލޫމާތު ލިބިފައި ނުވެއެވެ.

މިމައްސަލަ މިހާރު ފުލުހުން ދަނީ ތަޙްޤީގު ކުރަމުންނެވެ.