English Edition
Dhivehi Edition
އަދުރޭ ކުރީގެ ރައީސް ޔާމީން އާ އެކު: ފޮޓޯ ސަން

ރަދީފުގައި، ތަރައްގީގެ މާނަ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ބަދަލުކުރަންޖެހޭ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އިސްވެ ހުންނަވައިގެން އުފައްދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު މެންދުރު ބޭއްވި ޕްރެސް ކޮންފަރެންސް އެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ވިދާޅުވީ ތަރައްގީގެ ވާހަކަތައް ދައްކާ ނަމަ ރައްޔިތުންނަށް އެންމެ ފުރަތަމަ ވެސް ސިފަވާނީ ޔާމީން ކަމަށެވެ.

” ތަރައްޤީ އަކީ އުމްރާނީ ގޮތުން ފާހަގަކޮށްލެވޭ ވަރުގަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުން. އެގޮތުން 25 ބުރީގެ ބޮޑެތި އިމާރާތްތަކާއި ބުރިޖުތައް އެޅުން އެއީ ތަރައްގީ އަކީ. ތަރައްގީ އަކީ ކޮބައިކަން ރައްޔިތުން ތިބީ ފާއިތުވި ފަސް އަހަރު ދަސްކޮށްގެން ” އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ސަރުކާރަށް ދެ މަސް ވެގެން ދާއިރު ވެސް ތަރައްގީގެ ނަމުގައި އެއްވެސް ކަމެއް ކުރާތީ ނުފެންނަ ކަމަށާއި ފެންނަނީ ތަންތަނުގެ ނަން ބަދަލުކުރުން ފަދަ “ބޮޑެތި މަޝްރޫއު”ތައް ހިންގާތަން ކަމަށެވެ.

މި ވެރިކަމުގައި މިހާތަނަށް ރައްޔިތުން އުއްމީދުކުރި ތަރައްގީގެ އެއްވެސް މަޝްރޫއެއް މިހާތަަނަށް ފެށިގެން ނުދާ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ. އަދި ފާއިތުވި ދުވަސްތަކުން ރައްޔިތުންނަށް ފިލާވަޅެއް ލިބިގެންދާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.