English Edition
Dhivehi Edition

ޓޫރިޒަމަށް ބުރުލެއް ނާރާނެ ގޮތަށް މި ސަރަހައްދު ބަލަހައްޓަން ޖެހޭކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިޔާއިން ރާއްޖެއަށް ދިން ދެ ހެލިކޮޕްޓަރާއި ބެހޭގޮތުން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ތަންތަން ނުބެލެހެއްޓި ތިއްބައި ކަނޑުން އަންނަ ބަޔަކު އަރާ ތަޅާފޮޅައިގެންފިއްޔާ ލިބޭ ގެއްލުން ބޮޑުވާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓްކުރާ ދެ ހެލިކޮޕްޓަރު އުދުހެނީ ދިވެހި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮވެގެން ކަމަށް އެމްއެންޑީއެފްއިންވެސް ބުނެފައިވާކަމަށެވެ. މިގޮތުން އޮންލައިން ނޫސް މިހާރަށް ދިން އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ “ޑިފެންސް މިނިސްޓްރީން އެ ވިދާޅުވަނީ ދެ ހެލިކޮޕްޓަރު އެ އޮންނަނީ ތިމަންނަމެންގެ ކޮމާންޑުގެ ދަށުގައޭ. ތިމަންނަމެންގެ ހުއްދައެއް ނެތިއްޔާ ނުއެއް އުދުހެވޭނެއޭ. ތިމަންނަމެން ބުނާ ތަނަކަށޭ ޖައްސާނީ. ތިމަންނަމެންނޭ ސަވައިލެންސް މަސައްކަތުގައި ވެސް ބައިވެރިވަނީ.”

ރާއްޖެއަކީ ހިކިފަސްގަނޑު ކުޑަ ޤައިމަކަށް ވީނަމަވެސް މިޤައުމުގެ ކަނޑުގެ ސަރަހައްދު އެހާ ބޮޑެވެ.އަދި މި ކަނޑުގެ ސަރަހައްދަކީ ބޭރުގެ ބޯޓުފަހަރުތައް ހަތިޔާރު ގަނެވިއްކާ ތަނަކަށް ވެއްޖެއްޔާ ރާއްޖެއަށް އެއްވެސް އަމާންކަމެއް ނޯންނާނެއެވެ.ޝާހިދު ވިދާޅުވި ގޮތުގައި އެފަދަ ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ރާއްޖެ އިން އޮންނަން ޖެހޭނީ ސަމާލުވެއެވެ.