English Edition
Dhivehi Edition

ރާއްޖެއިން ބޭރުގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލާ މިޝަންތަކުގައި ވަޒީފާއަދާކުރަމުންދާ ބައެއް މުވައްޒަފުން އެނބުރި ރާއްޖެ ވަޑައިގަތުމަށް ފޮރިން މިނިސްޓްރީން އަންގަވައިފިއެވެ. މިގޮތަށް އަންގަވާފައިވަނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އެދިލެއްވުމަށް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު، ސަފާއަތު އަހުމަދު ޒާހިރު ވިދާޅުވީ، ރާއްޖޭން ބޭރުގައި ޚާރިޖީ ވަޒީފާ އަދާކުރައްވާ ބައެއް ބޭފުޅުން މި މަހު 18ގެ ކުރިން ރާއްޖެ ގެނައުމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިލައްވާފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުގައި، ރާއްޖޭގެ މިޝަންތަކުގައި މަސައްކަތް ކުރައްވަމުންދާ 61 މުވައްޒަފުން ރާއްޖެ ވަޑައިގަތުމަށް މިހާރު އަންގާފައިވާކަމަށް ސަފާތު ވިދާޅުވިއެވެ.

މަޢުލޫމާތު ލިބޭގޮތުގައި މީގެތެރޭގައި ގިނައިން ހިމެނެނީ މިޝަންތަކުގައި މަސައްކަތްކުރައްވާ ސިޔާސީ މުވައްޒަފުންނެވެ.

ބޭރުގައި ހުންނަ ބައެއް ދިވެހި އެމްބަސީތަކުގައި ސަރުކާރުގެ ބައެއް ވެރިންގެ އާއިލާ ބޭފުޅުންނާއި ގާތް ބޭފުޅުން ބައިތިއްބައިގެން ދައުލަތުން ބޮޑު ހޭދައެއް ކުރާ ކަމުގެ ކަންބޮޑުވުން ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިޚާބުގެ ތެރޭގައި ވަރަށް ބޮޑަށް ފާޅު ކުރިއެވެ.

އެކި ސަރުކާރުތަކުގައި އެމްބަސީތަކުގައި މަސައްކަތްކުރައްވާ އިސް ބޭފުޅުންނަކީވެސް އެއިރެއްގައި އޮންނަ ސަރުކާރު ތަމްސީލްކުރައްވަން އައްޔަންކުރައްވާ މުވައްޒަފުންނެވެ.