English Edition
Dhivehi Edition

ކ. ދިއްފުއްޓާއި މީރުފެންފުށްޓާއި ދެމެދަށް މޫދަށް އެރި އުޅުނު ދެފަތުރުވެރިޔަކު މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މޫދަށް އެރި އުޅުނު ދެފަތުރުވެރިއަކު މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:56 ހާއިރުގައި ކަމަށެވެ.

މަރުވެފައިވަނީޕިލިޕީސްންގެ، އުމުރުން 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނެކެވެ.

ފުލުހުން ވިދާޅުވީ، މަރުވި ދެ ފަތުރުވެރިން ދިއްފުށީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ. މިމައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޕިލިޕީންސްގެ މި ދެރައްޔިތުން ރާއްޖެ އައީ ހަނީމޫނަށެވެ. އަދި މިދެމަފިރިން ޗުއްޓީ ހޭދަކުރަމުންދިޔައީ ދިއްފުށީގައި ހުރި ގެސްޓް ހައުސް އެއްގައެވެ.