English Edition
Dhivehi Edition

ސައުދީ އަރަބިޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭކަނބަލަކު އަވަހާރަވެއްޖެކަމަށް އެޤައުމުގެ ނޫސްފަތުރާ ފަރާތްތަކުން ވިދާޅުވެއްޖެއެވެ. އަވަހާރަވީ ކުރީގެ ސައުދީ ރަސްގެފާނުގެ ދަރިކަނބަލުން އާލްޔަން ބިންތް ސައުދް ބިން އަބްދުލް އަޒީޒް އަލް ސައުދް ގެ މަންމާފުޅެވެ.

މިކަން ވަނީ ސައުދީ ޕްރެސް އޭޖެންސީއިން ކަށަވަރުކޮށްދީފައެވެ. މި އޭޖެންސީއިން ވަނީ އަވަހާރަވި ސައުދީ ޝާހީ ބޭކަނބަލަށް ތައުޒިޔާ ދަންނަވާފައެވެ.
މިދިޔަ ޑިސެމްބަރުގައިވެސް ސައުދީ ޝާހީ އާއިލާގެ ބޭފުޅަކު ވަނީ އަވަހާރަވެފައެވެ. އޭރު އަވަހާރަވީ 87 އަހަރުފުޅުގެ ޕްރިންސް ތަލާލް ބިން އަބްދުލް އަޒީޒްއެވެ. ޕްރިންސް އަވަހާރަފުޅުވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅުގައި އޮތުމަށްފަހުއެވެ.ޕްރިންސް ތަލާލް އަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒުގެ ބޭބޭފުޅު އަދި ސައުދީ ބިލިއަނަރު ޕްރިންސް ވަލީދު ބިން ތަލާލްގެ ބައްޕާފުޅެވެ.

ސައުދި އަރަބިޔާގެ ޝާހީ އާއިލާޔަށް ނިސްބަތްވާ ގިނަ ބޭފުޅުންނަކީ އުމުރުން ގިނަ ދުވަސްވެފައިތިބި ބޭފުޅުންނެވެ.