English Edition
Dhivehi Edition

ދިރާސީ އާއަހަރުގެ ކިޔެވުން ފެށުމުގެ މުނާސަބާ އާއި ގުޅިގެން ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ހުރިހާ ދަރިވަރުންނާއި މުދައްރިސުންނާއި، ސްކޫލްތަކުގެ މުވައްޒަފުންނާއި އަދި ބެލެނިވެރިންނަށް އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ ތަހުނިޔާ ފޮނުއްވަވައިފިއެވެ.

ދުވަހާ ގުޅުވައިގެން މިނިސްޓަރ ފޮނުއްވި ތަހުނިޔާގައި ވަނީ މި އަހަރުގެ ދިރާސީ އަހަރަކީ ދަރިވަރުންގެ ކުރިއެރުމަށް ޚާއްޞަ ޕްރޮގްރާމުތަކެއް ފެށިގެންދާނެ އަހަރެއް ކަމަށެވެ. މީގެ ތެރޭގައި ހިމެނޭ ބައެއް ޕްރޮގްރާމުތައް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ،

“މި ދެންނެވި ކޮންމެ ޕްރޮގްރާމަކީ ވެސް ދަރިވަރުންގެ ކުރިއެރުމަށް ސަމާލުކަން ދެވިގެން ، ދަރިވަރުންގެ ލާބައާއި މަންފާއަށް ރާވާލެވިފައިވާ ޕްރޮގްރާމުތަކެއް. މީގެ ތެރެއިން ބައެއް ޕްރޮގްރާމުތައް މި ދިރާސީ އާ އަހަރާ އެކު ފެށިގެންދާނެ ކަން އުފަލާއެކު ފާހަގަކުރަން” މިނިސްޓަރ ގެ ތަހުނިޔާގައި ވިދާޅުވެފައިވެއެވެ.

ދޮޅު މަހަށް ވުރެ ދިގު ބޮޑު ޗުއްޓީއަކަށް ފަހު 73،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށާފައިވާއިރު މިއަދު އެންމެ ޚާއްޞަ ކަމެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައިވަނީ ސްކޫލްތަކުގެ ދަރިވަރުންގެ ނާސްތާ ޕްރޮގްރާމެވެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސިޔާސަތުގައި ގެންގުޅުއްވާ ދަރިވަރުންނަށް ހިލޭ ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް މިއަދު ވަނީ ބައެއް ސްކޫލުތަކުގައި އިފްތިތާހްކޮށްފައެވެ.

އަމީނިއްޔާ ސްކޫލުގައި ނާސްތާ ޕްރޮގްރާމް އިފްތިތާހްކޮށްދެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.