English Edition
Dhivehi Edition

ކުރީގެ ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ހާލުކޮޅު ސީރިއަސްވެއްޖެކަމަށް އެޤައުމުގެ މީޑިޔާތަކުން ބުނެފިއެވެ.ނަވާޒް ޝަރީފްގެ ހާލުކޮޅު ސީރިއަސްވިއިރު އެމަނިކުފާނު ހުންނަވަނީ ހަތް އަހަރު ދުވަހުގެ ޖަލުހުކުމެއްގައި ޖަލުގައެވެ.މައުލޫމާތު ލިބިފައިވާގޮތުގައި ނަވާޒް ޝަރީފުގެ ހުން މާގަދަވެ ބޮލުގައި ރިއްސާތީ އިއްޔެ ވަނީ މެޑިކަލް ޗެކަޕެއް ވެސް ހަދައިފައެވެ. އެހެންވެ ޑޮކްޓަރުން ވަނީ ފަރުވާތެރި ކަމާ އެކު ނަވާޒް ޝަރީފް ބެލެހެއްޓުމަށް އިރުޝާދު ދެއްވާފައެވެ.

ނަވާޒް ޝަރީފުގެ ހާލު ގޯސްވިކަމުގެ ޚަބަރު ލިބުމާ ގުޅިގެން ބައްޕާފުޅައި ދަރިކަލުން ވަނީ މިދިޔަ އަންގާރަ ދުވަހު ޖަލަށް ވަޑައިގެން ބައްދަލު ކުރައްވައިފަ އެވެ.

އުމުރުން 69 އަހަރުގެ ނަވާޒް ޝަރީފުގެ މައްޗަށް ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވީ ޑިސެމްބަރު 24 ވަނަ ދުވަހުއެވެ. އޭގެ ކުރިން ވެސް ވަނީ ނަވާޒް ޝަރީފުގެ މައްޗަށް ކޮރަޕްޝަނުގެ ކުށުގައި 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.އަދި ވަނީ 25 މިލިޔަން ޑަލަރުގެ ޑަލަރުން ޖޫރީމައިނާބެސް ކޮށްފައެވެ.10 އަހަރުގެ ޖަލު ހުކުމް ތަންފީޒް ކުރަމުން ދަނިކޮށް ވަނީ ގެއަށްވެސް ބަދަލުކޮށްފައެވެ.ނަމަވެސް އެންމެ ފަހުގެ ހުކުމް އިއްވީ ވަގުތީ ގޮތުން ޖަލުން ދޫކޮށްލާފައި ހުންނަވަނިކޮށެވެ.