English Edition
Dhivehi Edition
ފޮޓޯ: އެމްއެންޑީއެފް

ފ. ނިލަންދޫގައި ހުންނަ ފ. އަޮތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދިޔަ ހާލު ބޮޑުބަލި މީހަކު އެމްއެންޑީއެފް ހެލިކަޕްޓަރުގައި މިއަދު މާލެގެނެސްދީފި ކަމަށް އެމްއެންޑީއެފް އިންބުނެފިއެވެ.

އެމްއެންޑީއެފް އިންވިދާޅުވީ، މިއަދު ހެނދުނު 09:40 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 73 އަހަރުގެ ފިރިހެނެކެވެ.

މި މީހާ މާލެ ގެނެސްދީފައިވަނީ ސިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ފ.އަތޮޅު ހޮސްޕިޓަލުން މި މީހާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމުންކަމަށް ވެސް އެމްއެންޑީއެފް އިންވިދާޅުވެއެވެ.

މި މީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.