English Edition
Dhivehi Edition
ފޮޓޯ:ސޯޝަލް މީޑިއާ

އައްޑޫ ސިޓީ މީދޫ ރާފަޅާ ސަރަހައްދުގައި ތަރައްޤީކުރަމުންދާ ހިތްފަސޭހަ މައިޒާނަށް ބަޔަކު ގެއްލުންދީ ހަލާކުކޮށްލައިފިއެވެ

މީދޫގެ ގިނަ އަދަދެއްގެ ރައްޔަތުންގެ އަމިއްލަ ހަރަދުގައި ކޯގަންނު ސަރަހައްދުގައި ހަދާފައިވާ ޕާކްތަކަށް ގެއްލުންދީފައިވަނީ ރޭގެ ވަގުތެއްގައެވެ. ރާފަޅާ ސަރަހައްދަށް ގެއްލުންދިނީ ކޮންބައެއްކަން އަދި އެގިފައިނުވާއިރު ގިނަ ބަޔަކުވަނީ އެތަން ހަލާކުކުރީ، ރަށުތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންކަމަށް ތުހުމަތުކޮށްފައެވެ.

‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެމުން ރާފަޅާގައި މަސައްކަތްކުރާ ފަރާތަކުން ބުނީ މިއީ މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން ހުއްޓުވަން އުޅުމުން ކޮށްފައިވާކަމެއް ކަމަށް ވަރަށް ބޮޑަށް ތުހުމަތުކުރެވޭ ކަމަށެވެ. “މިއީ އަޅުގަނޑުމެން އަންހެންކަނބަލުން ވަރަށް ބޮޑު ގުރުބާނީއެއް ވެގެން އެކި ފަރާތްތަކުން އެހީ ހޯދައިގެން ހަދާފައިވާތަނެއް. މި ތަން އެހާ ދުވަސްވިއިރުވެސް ހަލާކުކޮށްލާފައެއް ނުވޭ. އެކަމަކު އިއްޔެ މަސްތުވާތަކެތި ބޭނުންކުރަން ޒުވާނުން ވަންނަމުންދާ ގެއެއް މި ޕާކުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންވަނީ، އެމީހުންނަށް އެ ފުރުސަތު ނުލިބޭނެހެން ވަރަށް ބޮޑަށް އާންމުންނަށްވެސް އެގޭގެ ގޭތެރެ ފެންނަ ގޮތަށް ހުޅުވާލާފަ” އޭއޯ ނިއުސް އާއި ވާހަކަދެއްކި ފަރާތުން ބުންޏެވެ. އެ ފަރާތުން ސިފަކޮށްފައިވަނީ މިއީ އެ ގޭގެ ދޮރުތައް ލައްޕައިގެން އެމީހުންކުރަމުންދިޔަ މަސައްކަތް ހުއްޓުވުމުން ހިފި ބަދަލެއްގެ ގޮތުގައެވެ.

އައްޑޫ ސިޓީ މީދޫގައި މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންގެ އަދަދު އިތުރުވެފައިވާއިރު ގިނަ ބަޔަކު ދަނީ ފަޅުގެތައް މަސްތުވާތަކެތި ބޭނުންކުރާ ‘އައްޑާ’ތަކަށް ހަދާފައެވެ