English Edition
Dhivehi Edition

ސ.މީދޫ ގަބުރުސްތާނާ ދިމާލުން ‘ރާފަޅާ ސަރަހައްދުގައި’ ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ސަދަން އޭރިއާ ހުޅުމީދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފި އެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ އަށް ލިބިފައިވަނީ ރޭ 19:08 ހާއިރުއެވެ. އެެމްއެންޑީއެފް ސަދަން އޭރިއާ ހުޅުމީދޫ ފަޔަރ ސްޓޭޝަނަށް މި މައުލޫމާތު ލިބުމާއެކު ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ. އަދި ސިފައިން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާންގަނޑު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނިއްވާލާފައިވާއިރު މި މަސައްކަތުގައި މޯލްޑިވްސް ރެޑްކްރެސެންޓުންވެސް ވަނީ ބައިވެރިވެފައެވެ.

މިހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާއިރު މި އަލިފާންގަނޑު ރޯވާން ދިމާވި ސަބަބެއް އަދި ނޭގެއެވެ.