އެންމެންގެ މޫނުގައިވެސް ހުޅުވިފައި ހުން ކުޑަކުޑަ ވަޅުތަކެއް ހުރެއެވެ. ބައެއް މީހުންގެ ނަސީބުގަދަކަމުން މި ވަޅުތައް ކުޑަވެފައި މަދެވެ.ނަމަވެސް އަނެއްބައެއްގެ މޫނުގައި މި ވަޅުތައް ބޮޑުވެފައި ގިނައެވެ.އެންމެ ގިނައިން މިކަހަލަ ވަޅުތައް މޫނުގައި ހުންނަނީ ގިނައިން ތެޔޮވާ ހަންގަނޑު ހުންނަ މީހުންގެ މޫނުގައެވެ.މި ވަޅުތަކުގެ ސަބަބުން ވަރަށް ގިނަ މީހުންގެ މޫނުމަތި ހުތުރު ކަމަށް ދައްކާ މިކަން މިވަނީ ނަފްސާނީ ބައްޔަކާ ހިސާބަށް ދަތުރުކޮށްފައެވެ.
މި ވަޅުތައް ނުފެންނަގޮތް ހަދަން އެކި މީހުން އެކިއެކި އުކުޅުތައް ގެންގުޅެއެވެ.ނަމަވެސް މިޒަމާނުގައި ކެމިކަލް ބޭނުންކޮށްގެން އުފައްދާފައި ހުންނަ އެއްޗެހިން ދުވަސްކޮޅަކަށް އެ ހުޅުވިފައި ހުންނަ ވަޅުތައް ގެއްލުނަސް މި ކެމިކަލްތައް ބޭނުންކުރުން ހުއްޓާލުމުން އަނެއްކާ މި ވަޅުތައް ފެންނަން ފަށައެވެ.އަދި މިއީ މިކަމަށް އޮތް އެންމެ ރަނގަޅު ހައްލޭ ބުނެވޭކަށް ނޯންނާނެއެވެ.
ކޮސްމެޓިކް ޕްރޮޑަކްޓްތަކުން ދުވަސްކޮޅަކަށް މޫނުގައި ހުންނަ ވަޅުތައް ފޮރުވާލެވުނަސް މި ތަކެތި މިއީ އެންމެ ބޭނުންތެެރި އެއްޗެކަށް ވަނީ ނުވެފައެވެ.އެންމެ ފަހުން އިނގޭ އެއް ހަޤީގަތަކީ މިތަކެތި ގަތުމަށް މި ހޭދަވާ ލާރި މިއީ ބޭކާރު ގޮތުގައި ހޭދަވާ ލާރިޔަށް ވުމެވެ.ނަމަވެސް މިއީ މޫނުގައި ހުޅުވިފައި ހުންނަ ވަޅުތައް ނައްތާލުމަށް ގުތުރަތީ ތަކެތި ބޭނުންކޮށްގެން ފަސޭހައިން ތައްޔާރު ކޮށްލެވޭ ތަކެއްޗެވެ.
1- ކުކުޅު ބިހުގެ ހުދުބަޔާއި ލުނބޯ
– ލުނބޯ ފަންޏާއި ބިހުގެ ހުދުބައި އެއް ޖޯޑުގައި
– ދެ ބާވަތް އެއްކޮށްފައި ގިރާ
– މޫނުގައި އުނގުޅުމަށްފަހު 15 މިނިޓް ވަންދެން ބަހައްޓާ
– 15 މިނެޓް ވަންދެން ބަހައްޓާފައި ހިކުނީމަ ދޮވެލާނީ
2- ވިލާތު ބައްޓާއި(ޓޯމާޓޯ) ލުނބޯ ޖޫސް
– އާދައިގެ ސައިޒެއްގެ 2 ވިލާތުބަށި ޗަސްކޮށްލުމަށްފަހު ތައްޓަކަށް އަޅާނީ
-ޗަސްކޮށްފައި ހުރި ވިލާތުބަށީގެ ތެރެއަށް ލުނބޯ ފަނި އަޅާ އެއްކޮށްލާނީ
-އެއްކޮށްފައިހުރި ވިލާތުބަށްޓާއި ލުނބޯޖޫސް މޫނުގައި ހޭކުމަށްފަހު 15 މިނެޓު ވަންދެން މަޑުކޮށްލާނީ
-ތާފަނާ ފެނުން މޫނު ދޮވެލާނީ
3- ފިނިފެންމާފެން,ލުނބޯއާއި ކިޔުކަމްބާ
– މިކްސްޓަރަށް އަޅާ ކިޔުކަމްބާކޮޅު ފުނޑާލާނީ
– ފުނޑާފައިހުރި ކިޔުކަމްބާ ޖޫހުން ދިޔަ ފެލާނީ
– ކިޔުކަމްބާދިޔައިގެ ތެރެއަށް 1 މޭޒުމަތީ ސަމްސާ މާފެނާއި 4 ތިކި ލުނބޯ އަޅާ އެއްކޮށްލާނީ
– މި އެއްކުރި ބާވަތްތައް އެއްވުމުން މޫނުގައި އުނގުޅުމަށްފަހު 15 މިނެޓު ވަންދެން ބަހަށްޓާނީ
– 15 މިނެޓު ވުމުން ފިނި ފެނުން މޫނު ދޮވެލާނީ