English Edition
Dhivehi Edition

އިސްތަށިގަޑަށް ދެވިދާނެ ފަރުވާއެއް

ރީތި އޮމާން އިސްތަށި ގަނޑެއްބޭނުން ތޯ ؟ ދޮންކެޔޮ ވަކަކާއި ބިހެއް ރަނގަޅަށް އެއްކޮށްލައްވާށެވެ. އެއަށް ފަހު މުޅިއިސްތަށިގަނޑުގައި މިޕޭސްޓް އުނގުޅާލައްވާފައި 10-30މިނިޓަށް ބަހައްޓަވާށެވެ. އާދައިގެ މަތިން ބޯދޮންނަ ގޮތަށް ބޯދޮވެލާށެވެ. މިޕޭސްޓް ބޭނުންކުރުމަށްފަހު އިސްތަށިގަނޑު ކޮންޑިޝަން ކުރައްވަން ބޭނުންފުޅުނަމަ ކޮންޑިޝަން ކޮށްލުމުން އިސްތަށިގަނޑު އިތުރަށް ރީތިވާނެއެވެ.

ނިޔަފަތި ތީތިކޮންބެހެއްޓިދާނެ ގޮތެއް

ކޮންމެ މީހަކުވެސް ޒީނަތްތެރި ވާއިރު ނިޔަފައްޗަށް ވަރަށް ޙާއްސަ އިސްކަމެއް ދެއެވެ. އެގޮތުން ރީތިކޮށް ނިޔަފަތި ބެހެއްޓުމަށް ވަރަށް ޙާއްސަ އިސްކަމެއް ދެއެވެ. މިގެނެސްދެނީ ނިޔަފަތި ރީތިކޮށްލުމަށް ވަރަށް ފަސޭހަ ގުދުރަތީ ފަރުވާއެކެވެ. ހުރިހާނިޔަފަތި ތަކުގައި އޮލިވް އޮއިލް ހާކާލައްވާށެވެ. އެޔަށްފަހު ފަސްމިނިޓް ވަންދެން ބަހައްޓަވާފައި ދޮވެލާށެވެ.

މޫނުގައި އުނގުޅާލަން ރަގަޅުމާސްކެއް

ރޯ، ނުވަތަ ޕްރޮސެސް ނުކުރާ މާމުޔަކީ އެންޓިބެކްޓީރިޔަލް އަދި ހަންގަޑު މަޑުކޮށް އޮމާންކޮށްދޭ އެއްޗެކެވެ. އެއްސަމްސާ މާމުއި ހަފްތާޔަކު އެއްފަހަރު މޫނުގައި އުނގުޅާފައި 5-10މިނިޓަށް ބަހައްޓަވާފައި ތާފަނާފެނުން ރަގަޅަށް ދޮވެލާށެވެ. މާމުއި މޫނުގައި އުނގުޅާއިރު އިނގިލިތަކުގެ ކޮޅުން މަޑުމަޑުން އުނގުޅާށެވެ.

ކަކޫ އަދި އުޅަނބޮށި ރީތިކޮށްލެވިދާނެ ގޮތެއް

އޮރެންޖްއެއް ދެފަޅިކޮށްލާފައި ކަކުލުގައި އަދި އުޅަނބޮށީގައި އުގުޅާލާށެވެ. އޮރެންޖަކީ ގިނައަދަދަކަށް ވިޓަމިން ސީ އެކުލެވޭމޭވާޔަކަށް ވުމުން ހަނގަޑުގެ ކުރަކިކަންފިލާ ހަންގަޑުރީތިކޮށްދެއެވެ

ބާރުގަދަ ކެމިކަލް ފްރީ ޝޭވިންގް ކްރީމްއެއް

ފައިގައި އަދި އަތުގައި ޝޭވްކުރުމުގެ ކުރީން ކާށިތެޔޮ ފޮދެއް އުގުޅާލާފައި ޝޭވްކޮއްލުމުން ހަންގަޑުކުރަކި ވުމުގެ ފުރުސަތު ކުޑަވެގެންދިއުމުގެ އިތުރުން، އޮމާންކޮށް ޝޭވްކުރުމަށް މަގުފަހިކޮށްދެއެވެ. ކާށިތެލަކީ ވަރަށްގިނަ ބިއުޓީ ޕްރޮޑަކްޓް ތަކުގައިވެސް ބޭނުންކޮށްފައިވާ ގުދުރަތީ ތެލެކެވެ. މިތެޔޮ ބޭނުންކުރުމުން ހަންގަޑު އަދި އިސްތަށިގަޑުވެސް މޮއިސްޗަރައިޒް ކޮށްދެއެވެ. އަދި ހަންގަނޑު ހިކުމާއި ކުރަކިވުމުން ދުރު ކޮށްދެއެވެ.

ޓެގު