English Edition
Dhivehi Edition

އެމްޓީވީ އިން ދައްކަމުންއަންނަ ރިއލިޓީ ޝޯވް “އޭސްއޮފް ސްޕޭސް” ގެ ބައިވެރިއެއްއް ކަމަށްވާ ދާނިޝް ޒެހެން މަރުވުމުން”އިންސްޓަގްރަމް” އިން އޭނަގެ އެކައުންޓް ޑީއެކްޓިވޭޓް ކުރުމަށްފަހު އަލުން އެކްޓިވޭޓް ކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ދާނިޝް މަރުވެފައިވަނީ މިދިޔަ ޑިސެމްބަރ 20 ވަނަދުވަހު ފަތިހު ކައިވެނި ޕާޓީއަކަށް ގޮސްފައި އެނބުރި ގެއަށް ދިޔަމަގުމަތީގައި އޭނަ ދުއްވާފައި ދިޔަކާރު އެކްސިޑެންޓް ވެގެންނެވެ.

ދާނިޝް މަރުވުމާއެކު ދެދުވަސްފަހުން އޭނަގެ އިންސްޓަގްރާމްގެ ފޮލޯވަރސް އިތުރުވުމުން “އިންސްޓަގްރަމް” އިން ވަނީ އެކްޝަން ނަގާ އޭނަގެ އެކައުންޓް ޑީއެކްޓިވޭޓް ކޮށްފައެވެ. އެހެންކަމުން އޭނަގެ އެތައް ފޭނުންނެއް ވަނީ އިންސްޓަގްރަމް އަށް މެސްޖްކޮށް އޭނަގެ އެކައުންޓް އަލުން ޑީއެކްޓިވޭޓް ކޮށްދިނުމަށް އެދިފައެވެ.

ދާނިޝް ބައިވެރިވި އެމްޓީވީ ގެ “އޭސްއޮފްސްޕޭސް” ޝޯވ ގެ ހޮސްޓް ވިކާޝްވެސް ވަނީ ދާނިޝްގެ އެކައުންޓް އަނބުރާ ލިބުމުން އެއެކައުންޓް އަނބުރާ ހޯދުމަށް”އިންސްޓަގްރަމް” އަށް ޓްވީޓްކޮށް، މެސްޖްކޮށް، ކޮމެންޓް ކުރި އެންމެނަށް ޝުކުރުއަދާކޮށްފައެވެ.

އުމުރުން 21 އަހަރުގެ ދާނިޝް އަކީ އޭސް އޮފް ސްޕޭސްގެ ބައިވެރި އެއްގެ އިތުރުން ޖިލެޓްގެ ބްރޭންޑް އެމްބެސެޑަރ އެކެވެ. އަދި އޭނަ އަކީ “ޓިކްޓޮކް” ވީޑިއޯ ތަކުގެ އިތުރުން ޔޫޓިއުބް ބްލޮގަރ އެއްގެ ގޮތުގައި ވެސް މަޝްހޫރު ފަރާތެކެވެ. ރިޕޯޓްތައް ބުނާގޮތުގައި އިންޑިއާ އަދި އެހެން ގައުމުތަކުގެ ވެސް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ދާނިޝް ކުއްލިގޮޮތަކަށް މަރުވުމުން އެކަމާ ގިނަބަޔަކު ތިބީ އަދިވެސް ބޮޑު ޝޮކެއްގައެވެ.