English Edition
Dhivehi Edition

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ދަށުން ހިންގަމުން އައި ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް އާއި އެތަނުގެ ދަށުން ހިންގަމުން އައި ޕަބްލިކް ވަރކްސް ސަރވިސަސް އުވާލައިފިއެވެ

މި އަހަރުގެ ޖަނަވަރީ މަހުގެ ދެވަނަ ދުވަހު މި ދެ އިދާރާ އުވާލުމުން ދެން މި ދެ އިދާރާ އިން ކުރަމުން އައި މަސައްކަތްތައް ކުރަމުން ދާނީ ޕްލޭނިންގ މިނިސްޓްރީ އިންނެވެ

މީގެ އިތުރުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ދަށުން ހިނގަމުންއައި، “ފިޔަވަތި” އާއި، “ކުޑަކުދިންގެ ހިޔާ” އާއި، “އަމާންހިޔާ” އާއި، “ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ” ތައްވެސް ވަނީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިނގަމުންދާ ގޮތައް ހަމަޖައްސާފައެވެ

.