English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުއްﷲ ޔާމީން ފުލުހުންގެ އިދާރާއަށް ދެންމެ ހާޒިރު ވެއްޖެއެވެ.

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ޙާޒިރުވާން އަންގާފައިވަނީ މިއަދު މެންދުރުފަހު 1:30 އަށެވެ.

މަނީ ލޯންޑްރިންގެ މައްސަލައިގައި ޔާމީނަށް ކުރާ ތުހުމަތާ ގުޅިގެން ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ވެސް ޔާމީން ފުލުހަށް ހާޒިރު ކުރި އެވެ.

ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމަށްފަހު ފުލުހުން ސުވާލު ކުރީ ދެ ކަމެއްގައި ކަމަށާއި އޭގެތެރެއިން އެއް ކަމަކީ އެމަނިކުފާނުގެ އެކައުންޓަށް ވަން ފައިސާތަކަކާއި ބެހޭ މައްސަލައެއް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ. އަދި އެ ފައިސާތަކަކީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ކަންކަމަށް ޚަރަދު ކުރުމަށްޓަކައި އެކައުންޓަށް ވަން ފައިސާތަކެއް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ޔާމީނަށް ތުހުމަތުކުރާ މައްސަލަތަކުގައި އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާ ފުލުހުން ވަނީ ފްރީޒްކޮށްފަ އެވެ. އެ އެކައުންޓްތަކަށް ވޭތުވެދިޔަ ފަސް އަހަރު ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.