ބައިނަލްއަގުވާމީ މިންގަނޑުތަކާ, ގާނޫނާއި ގަވައިދާއި ހިލާފަށް މީހުން ޖަލުތަކުގައި ގެންގުޅެފައި އެބަހުރިކަން ފާހަގަވާ ކަމަށް ޖަލުތައް އޮޑިޓް ކުރުމަށް އުފެއްދެވި ކޮމިޝަންގެ ރައީސް ޝެއިޚް އަޙްމަދު ޢަބްދުލް ކަރީމް ވިދާޅުވެއްޖެއެވެ
ނޫސްވެރިންގެ ބައްދަލުވުމުގައި އަހްމަދު ޢަބްދުލް ކަރީމް ވިދާޅުވީ ޖަލުތަކުގައި އެކަށީގެން ނުވާ ގޮތަށް މީހުން ބަހައްޓާފައި ހުންނަކަށް އެކަމާއި ގުޅުން ހުރި އިދާރާތަކުގެ މީހުންނާއި ބައްދަލުކޮށް ބެލިބެލުމުން ފާހަގަވެފައިވާ ކަމަށެވެ. އަދި އެކަށީގެން ނުވާގޮތަށް މީހުން ޖަލުތަކުގައި ބަހައްޓާފައި ހުންނަކަމަށް، އެފަރާތްތަކުން ގަބޫލުކުރާކަމަށް ކޮމިޝަންގެ ރައީސްވަނީ ވިދާޅުވެފައެވެ
ޖަލުތަކުގައި ހުރި ދަތިތައް ފާހަގަކުރައްވާ އަހްމަދު އަބްދުލް ކަރީމް ވިދާޅުވީ ޖަލުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑު ކަމަށާއި ވަސީލަތްތަކުގެ އަދަދު މަދުކަމުން ޚިދުމަތްތައް ފޯރުކޮށް ނުދެވޭކަމަށެވެ. މީގެ އިތުރުން ކޮމިޝަންގެ ރައީސް ވިދާޅުވީ ސިއްހީ ޚިދުމަތްތަކަށް މުއައްޒަފުން މަދުކަމުން މާލެ ގެންނަން ދަތިކަމަށާއި ދަތުރުކުރުމުގެ އުޅަނދުގެ ދަތިކަމާއި، އެމްބިއުލާންސްގެ ދަތިކަން އަދި ބޭސް ލިބުމުގައިވެސް ދަތިތަކެއް އެބަހުރިކަމަށެވެ
ގައިދީންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރިއަށް ގެންދާ ޖަލު އޮޑިޓުގެ މަސައްކަތް ކުރުމަތް ހަތް މެމްބަރުންގެ ކޮމިޝަނެއް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އުފައްދަވާފައިރު މި ކޮމިޝަންގެ މަސައްކަތް ނިންމަން ޖެހޭ ތާރީހަކީ އަންނަ މާޗު މަހުގެ ތިން ވަނަ ދުވަހެވެ