ބައިނަލްއަގުވާމީ މާފިއާއަކަށް ނިސްބަތްވާ ތިން ދިވެއްސަކު އިންޑިއާގެ ކޮޗިން އިން ހައްޔަރުކޮށްފި އެވެ.
ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ހަތަރު މީހަކު އަތުލައިގަތްއިރު ދިވެހިންނާ އެކު ދެން އަތުލައިިގަތީ އިންޑިއާގެ ރައްޔިތެކެވެ. އިންޑިއާގެ ފުލުހުން ބުނެފައިވަނީ އެމީހުންގެ އަތުން ފެނުނު 1.5 ލިޓަރުގެ ހަޝިޝް އޮއިލްގެ އަގު 8.9 މިލިއަން ރުފިޔާ އަށް އަރާނެކަމަށެވެ. މި މީހުންގެ އަތުން ފެނުނު ހަޝިޝް އޮއިލް ހުރީ، ޝޭމްޕޫ ހުސްކުރި ފުޅިތަކެއްގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން އެކި ގައުމުތަކަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކާ ކަމުގެ ތުހުމަތު ކުރެވިގެން ފާރަލަމުން ގޮސް އަތުލައިގަތީ، އާޒިމް ހަބީބް، 33، އާއި މުހައްމަދު ސަފޫފު، 33، އާއި ޝިފާ އިބްރާހިމް، 30، ގެ އިތުރުން އިންޑިއާ އަށް ނިސްބަތްވާ އެންތަނީ ސާމީ، 30، އެވެ
އިންޑިއާގެ ފުލުހުން ބުނެފައިވަނީ ޓޫރިސްޓުންގެ ގޮތުގައި އެތެރެވެ، އެކި ހޮޓާތަކުގައި އުޅުނު އެ މީހުން ނިސްބަތްވަނީ ހޮންކޮންގުގެ އިންޓަނޭޝަނަލް މާފިއާ ގްރޫޕަކަށްކަމަށެވެ.