English Edition
Dhivehi Edition

ފުވައްމުލަކުގައި އިސްލާމިކް ޔުނިވާސިޓީގެ ލާނިންގ ސެންޓަރެއް ގާއިމުކުރުމަށް އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ

އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސް ވުމުގައި ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ އައިޝަތު ހަލީލާ އަބްދުލް ސައްތާރެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރ އަބްދުﷲ ފަލާހް ރަޝީދެވެ

އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވައިސް ޗާންސެލަރު އައިޝަތު ހަލީލާ ވިދާޅުވީ މުސްތަގްބަލުގައި ފުވައްމުލަކުގައި އިސްލާމިކް ޔުނިވާސިޓީގެ މައި ކެމްޕަހެއް ގާއިމުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. މީގެ އިތުރުން ޗާންސެލަރު ވިދާޅުވީ ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ 5 ސަރަހައްދެއްގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ލާނިންގ ސެންޓަރސް ޤާއިމް ކުރައްވާނެ ކަމަށެވެ. އަދި އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އާއި ރަށު ކައުންސިލްތަކާ ގުޅިގެން ކަމަށެވެ

ފުވައްމުލަކުގައި މި ސެންޓަރު ގާއިމްުކުރަނީ އެރަށު ކައުންސިލުން އެކަމަށް ދޫކޮށްފައިވާ އިމާރާތުގައި ގެންނަންޖެހޭ މަރާމާތުތައް ގެނައުމަށްފަހުގައެވެ.