English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުދޫގައި މުސްކުޅިބަލީގައި އަޅާލާނެ އެއްވެސް މީހަކު ނެތި އުޅެމުންދާ ދެ އަންހެނުންގެ ވާހަކަ ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

މި ދެ އަންހެނުންގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރި ފަރާތުން ބުނެފައިވަނީ މިއީ އެއްގެއެއްގައި އެކަނިމައި އެކަނި ދިރިއުޅެމުންދާ 80 އަހަރަށްވުރެ ދުވަސްވެފައިވާ ދެބެއިންކަމުގައެވެ. މި ދެ އަންހެނުން އެކަނިމާ އެކަނި އުޅޭތާ ފަންސާސް އަހަރުވެފައިވާއިރު ދެމީހުންގެވެސް ފިރިއެއް އަދި ދަރިއެއް ނެތްކަމަށް އެ ފަރާތުންވަނީ ބުނެފައެވެ

މީގެ އިތުރުން އެ ފަރާތުން ބުނެފައިވަނީ މި ދެ އަންހެނުން މުސްކުޅިބަލީގެ ސަބަބުން ހިނގާބިގާވެ އެކަނި ފާހާނާއަށް ގޮސް ހަދަން އުދަގޫވަތީ އެމީހުން ބެލުމަށްޓަކައި ބޭރު މީހަކާއި ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެމީހުންގެ ހާލުބެލުމަށް ހަވާލުކޮށްފައިވާ ބޭރުމީހާވެސް އެ މީހުންގެ ހާލު ބަލަމުންދަނީ ހިތަށް އެރި ވަގުތެއްގައިކަމަށް އެ ޕޯސްޓުގައިވަނީ ބުނެފައެވެ

.މި ދެ އަންހެނުންގެ ވާހަކަ ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެމުން މި ދެ އަންހެނުންނާއި ބައްދަލުވެ ވާހަކަ ދައްކާފައިވާ ފަރާތަކުން ބުނެފައިވަނީ އެމީހުން އުޅެމުންދަނީ ވަރަށް ހާލުގައި ކަމަށެވެ.”އެމީހުންގެ އާއިލާ މީހަކު ހިތަދޫގައި ދިރިއުޅުނު.އެ މީހާ މަރުވުމުން އެމީހާގެ ދަރިން ހުޅުދޫއަށް އައިސްފިއްޔާ އެ ދެބެއިންގެ ހާލު ބަލަންދޭ. އެހެން ދިޔަ ދުވަހު އަހަންނަށްވެސް އެމީހުންނާއެކު ދެވުނީ. އަހަރެމެން ފެނުމުން އެ ތަނުން އެއް އަންހެނަކު ރޯންފެށީ.”އެ ދެ އަންހެނުންނާއި ބައްދަލުވި ފަރާތުން ބުންޏެވެ. އެ ފަރާތުން ބުނީ އެ ދެ އަންހެނުން ބެލުމަށް ހަވާލުކޮށްފައިވާ ބޭރު މީހާ ހެނދުނު ސައިދީފަ ދާ ގޮތަށް ދެން ހާލު ބަލަންވެސް ވަދެނުލާކަމަށް އެތަނުން އެއް އަންހެނަކު ބުނިކަމަށެވެ.”އެމީހުންނަށް ލިބޭނެ 10000 ރުފިޔާ. އެކަމަކު އެމީހުންނަށް އެ ފައިސާއަށްވާ ގޮތެއްވެސް ނޭގޭ ކަމަށް ބުނި.”އެ ފަރާތުން ބުންޏެވެ.

މި ޕޯސްޓް ފޭސްބުކްގައި ޝެއާކުރަމުންދާ ގިނަ ބަޔަކު ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނެއުމަށް މަސައްކަތްކުރަމުންދާއިރު އެ ދެ އަންހެނުންގެ އާއިލާއިންވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ

ދާދި ފަހުންވެސް ހުޅުދޫގައި މިކަހަލަ މައްސަލައެއް ފެންމަތިވެފައިވާއިރު ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް އެ އަންހެންމީހާ ގެންދަން މަސައްކަތްކުރަމުންދަނިކޮށްވަނީ ނިޔާވެފައެވެ.

 

1 ކޮމެންޓް
Ali Anwar
ޖެނުއަރީ 1, 2019
ބަލި ތަންމަތީގިއަ އޮންނަ މީހާގެ ތަރިކަ މުދަލާއި ހަވާލުވާން ތިބިބައެއްގެ ޒިންމާ އަދާކުރާތޯ ބެލުމީ ޖެންޑާ ފެމިލީގެ ޒިންމާއެއް. އެކަން ނުކުރާނަމަ އެމައްސަލަ ވީ އެންމެ އަވަސް ފުރުސަތުގައި ޝަރީއަތަށް ފޮނުވައިގެން ބަލަންޖެހޭ. ހުޅުދޫގައި އަދިވެސް ތިފަދަބަލި ހާލުގައި އެނދު ތަންމަތީގައި އަޅާލުންން ކުޑަކޮށްލެވިފައި ތިބި މީހުން އެބަތިބި.