English Edition
Dhivehi Edition

މިއަހަރުގެ އޭޝިއަން ކަޕްގައި އިންޑިޔާއިން ނެރޭ 23 ކުޅުންތެރިންގެ ޓީމް އިއުލާން ކޮށްފިއެވެ.

މިގޮތުން މި ސްކޮޑް އިއުލާންކޮށްދެއްވީ އިންޑިއާގެ ހެޑް ކޯޗު، ސްޓިފަން ކޮންސްޓެންޓައިއެވެ.23 ކުޅުންތެރިންގެ މި ސްކޮޑު އިއުލާން ކޮށްފައި ވަނީ އޮމާނާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުވެސް އޮތުމުންނެވެ. އޭގެ އިތުރުން މުބާރާތުގެ ކުރިން އަދި އެއް މެޗު އިންޑިއާއިން ކުޅޭނެއެވެ.

މިއަހަރު ބާއްވާ އޭޝިއަން ކަޕްގެ ގްރޫޕް ސްޓޭޖުގައި އިންޑިއާ ހިމެނެނީ ގްރޫޕް އޭގައެވެ. އިންޑިއާގެ އިތުރުން އެ ގްރޫޕްގައި ހިމެނޭ އިތުރު 3 ޤައުމުތަކަކީ ބަހްރެއިންއާއީ ޔޫއޭއީ އަދި ތައިލެންޑެވެ. އިންޑިއާއިން ކުޅޭ ފުރަތަމަ މެޗުގައި ނިކުންނާނީ ތައިލެންޑާ ދެކޮޅަށެވެ.

23 ކުޅުންތެރިން ހޮވުމަށް އިންޑިޔާއިން ވަނީ 30 ކުޅުންތެރިންގެ ސްކޮޑަކާއެކު ތަމްރީނުތަކެއް ކުރިޔަށް ގެންގޮސްފައެވެ. އެ ފަރިތަކުރުމުގައި ސްކޮޑުގެ ތެރެއިން ބައެއް ޒުވާން ކުޅުންތެރިން ވަނީ ބާކީވެފައިވެއެވެ. އިންޑިއާގެ ޓީމުގައި ޖޭޖޭ ލާލެޕެކްލޫ، އުދަންތާ ސިންހް، ސަންދޭޝް ޖިންގަން، ގޯލްކީޕަރު ގުރަޕްރީތު ސިންހް ސަންދޫ، އާޝިގު ކުރުނިޔަންގެ އިތުރުން ސުނިލް ޗެތުރީ ހިމެނުނުކަން ފާހަގަކޮށްލެވެއެވެ.

ޓެގު