English Edition
Dhivehi Edition

ދުނިޔޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ފުޓްބޯޅަ ކުލަބް ތަކުގެ ތެރޭގައި ހިމެނޭ ސްޕެއިންގެ ރިއަލްމެޑްރިޑް އާއި އެކު އެންމެ ގިނަ ކާމިޔާބީތަށް ހަދާފައިވާ ގެންޓޯގެ ރެކޯޑާއި އަރާ ހަމަ ކުރުމަށް ސްޕެއިންގެ ސާޖިއޯ ރާމޯސް އަދި ބްރެޒިލްގެ މާސެލޯ ތައްޔާރު ވެއްޖެއެވެ.

މިދިޔަ ހަފްތާގައި އަބޫދާބީގައި ބޭއްވި ފީފާ ކުލަބް ވޯލްޑް ކަޕްގެ ތަށި ހޯދައި މާސެލޯ އަދި ރާމޯސް ވެސް ކޮންމެ ކުޅުންތެރިއަކަށް 20 މެޑަލް ހޯދާފައިވާ އިރު މެޑްރިޑް އާއި އެކު އެންމެ ގިނަ މެޑަލް ހޯދި ކަމުގެ ރެކޯޑް ހެދުމަށް މި ދެ ކުޅުންތެރިންނަށް ބޭނުންވަނީ އެންމެ 3 މެޑަލްއެވެ.

ރެއަލްމެޑްރިޑްއަށް 05/2006 ވަނަ އަހަރު މެޑްރިޑްއާއި ގުޅުނު މިދެ ކުޅުންތެރިން އެންމެ ފުރަތަމަ ކާމިޔާބުކޮށްފައިވަނީ އެ އަހަރުގެ ސްޕެނިޝް ލީގުއެވެ.

ރިއަލްމެޑްރިޑްގައި ހޭދަކުރި 11 އަހަރު ދުވަހު ތެރޭގައި ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅަށް ފަހަތަށް ކުޅޭ މި ދެ ކުޅުންތެރިންވަނީ 4 ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އިތުރަށް ހަތަރު ފަހަރު ކުލަބް ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައެވެ.