English Edition
Dhivehi Edition

މާލެއާއި ހުޅުމާލެއަށް މިހާރު ހިލޭ ބަސްދަތުރު ކުރިކަމުގައިވިއަސް އަންނަ މަހުން ފެށިގެން ބަސްދަތުރުތަކަށް 10 ރުފިޔާ ނަންގަވަން ފަށާނޭކަމަށް އެމްޕީއެލްއިން ބުނެފިއެވެ. މިގޮތުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އަށް ކުރާ ބަސް ދަތުރުތަކުން ފީ ނަގަން ފަށާނެއެވެ. އަދި ފީނަގަން ބޭނުންކުރާނީ ރީޗާޖު ކާޑެއް ކަމަށް އެމްޕީއެލް އިން ބުނެއެވެ.

މިހާރު ސަރުކާރުން އެ ކުންފުންޏަށް މާލެ-ހުޅުމާލެ އަދި މާލެ- ހުޅުލެއާ ދެމެދު ދެމުންގެންދާ ބަހުގެ ހިދުމަތުން އަގު ނަގަން ވަނީ ހުއްދަ ދީފައެވެ.އަދި
އެމްޕީއެލް އިން ބުނީ ބަހުގެ ހިދުމަތުގައި އަގު ނަގަން ހަމަޖެހިފައިވަނީ “ޓަކްލިންކް” ކާޑެއް ބޭނުންކޮށްގެން ކަމަށެވެ.20.ރ އަށް ދޭ މި ކާޑު މިއަދުން ފެށިގެން ބަސް ޓާމިނަލްއިންނާއި ހުޅުމާލޭގެ މެއިން ބަސް ސްޓޮޕް (އެން1، ދެވަނަ ބަސް ސްޓޮޕް) އިން ކާޑު ވިއްކުމާއި ޓޮޕްއަޕް ކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ރީޗޖް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ކާޑަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ޓްރާންސްޕޯޓް ވިއުގަ ތަކުގައި ވެސް ބޭނުންކުރާ ކާޑެއް ކަމަށް އެމްޕީއެލް އިން ބުނެއެވެ.މިހާރު މި ކާޑުން ފައިސާ ކެނޑޭނެ އިންތިޒާމު ހުރިހާ ބަސް ސްޓޮޕެއްގައި ގާއިމްކޮށްފައިވާކަމަށް އެމްޕީއެލްއިން ބުނެއެވެ.