English Edition
Dhivehi Edition

އެކަނިމާ އެކަނި ދިރިއުޅޭތާ 22 އަހަރުވެފައިވާ، ހުޅުދު އަށް އުފަން، ސަމީހާ ހަސަން(83) ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަމީހާ ނިޔާވެފައިވަނީ އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒަށް ސަމީހާ ގެންދިއުމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ނިންމާ، އެކަމަށް މަސައްކަތްކުރަމުން ދަނިކޮށް ދާދި ދެންމެއަކު ސ.މީދޫ ސިއްހީ މަރުކަޒަށެވެ

ސަމީހާގެ ފިރިމީހާ އަލިފުތާ މީގެ 22 އަހަރު ކުރިން ނިޔާވެފައިވާއިރު ސަމީހާ ގައިބާރު ދޫވެ، ހެލިފެލިވުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުމުގެ ސަބަބުން ބަލި އެނދުގައި އޮންތާ މިހާރުވަނީ އަށް އަހަރުވެފައެވެ.ސަމީހާގެ އެއްވެސް ދަރިއަކު ނެތްއިރު ސަމީހާގެ ހުރިހާ ކަމެއްހެން ބަލަހައްޓަމުންދަނީ އަވައްޓެރިންނެވެ

މީގެ ދެތިން ދުވަސްކުރިން ސަމީހާގެ ވާހަކަ ފޭސްބުކްގައި ލިޔެ ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް މި ކަން ގެނެސްފައިވަނީ ސ.ހުޅުދޫ އަލީ އަންވަރުއެވެ،