English Edition
Dhivehi Edition
މަތިން ކ-ވ: ސ.ހިތަދޫ، ސައުތުރޯސް، މޫސާ މުންތަސިމް (29އ) އާއި ދަފްތަރު ނަންބަރު 1503، އާމިނަތު ޙިލްމީ (62އ) އާއި ދަފްތަރު ނަންބަރު2769، މުޞްޠަފާ ޢަބްދުﷲ (54އ): ތިރިން ކ-ވ: ދަފްތަރު ނަންބަރު1502، މުޞްޠަފާ މުޙައްމަދު (62އ) އާއި ދަފްތަރު ނަންބަރު 5490، އަޙްމަދު ޙަނީފް (52އ)

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ސ.ހިތަދޫ، ސައުތުރޯސް، މޫސާ މުންތަސިމް (29އ) އާއި އިތުރު ހަތަރު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ

. ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުންދަނީ ސ.ހިތަދޫ، ސައުތުރޯސް، މޫސާ މުންތަސިމް (29އ) ގެ އިތުރުން ދަފްތަރު ނަންބަރު 1503، އާމިނަތު ޙިލްމީ (62އ) އާއި ދަފްތަރު ނަންބަރު2769، މުޞްޠަފާ ޢަބްދުﷲ (54އ) އާއި ދަފްތަރު ނަންބަރު1502، މުޞްޠަފާ މުޙައްމަދު (62އ) އާއި ދަފްތަރު ނަންބަރު 5490، އަޙްމަދު ޙަނީފް (52އ) އެވެ

މި ފަސް މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަމުރުކުރުމާއި ގުޅިގެންނެވެ.

މިމީހުންގެ ތެރެއިން މޫސާ މުންތަސިމް ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛްކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ޑިސެމްބަރު 26 ވަނަ ދުވަހުގެ 13:00 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

އާމިނަތު ޙިލްމީ ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޑިސެމްބަރު 27 ވަނަ ދުވަހުގެ 10:40 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

މުޞްޠަފާ ޢަބްދުﷲ ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޑިސެމްބަރު 27 ވަނަ ދުވަހުގެ 10:40 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

މުޞްޠަފާ މުޙައްމަދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޑިސެމްބަރު 27 ވަނަ ދުވަހުގެ 10:40 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

އަޙްމަދު ހަނީފް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޑިސެމްބަރު 27 ވަނަ ދުވަހުގެ 09:15 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

މިމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުންވަނީ އެދިފައެވެ. .