English Edition
Dhivehi Edition

އާދައިގެ ގޭމެއްކަމަށްވާ ހައިޑް އެންޑްސީކް (ފީކޮއި) ކުޅެނިކޮށް ދަރިފުޅު މަރުވުމުން ބައްޕަ އަމިއްލައަށް މަރުވެއްޖެއެވެ.

އިންޑިއާގެ ކޮއިމްބަތޫރު ގައި ހިނގި މިހާދިސާގައި ބައްޕައަކު އޭނަގެ 5 އަހަރުގެ އަންހެންދަރިއާއި 2 އަހަރުގެ ފިރިހެން ދަރިފުޅާ އެކު އެމީހުން ދިރި އުޅެމުން ދިޔަގޭގައި ފީކޮއި ކުޅެމުން ދިޔައިރު މަންމަ ވީ ކޮޓަރީގައި ނިދާފައެވެ.

ފުލުހުންބުނީ، މޮބައިލްފިހާރައެއް ހިންގާ އުމުރުން 32 އަހަރުގެ މިނިކަންދަން އާއި ދެދަރީން ފީކޮއި ކުޅެމުންދަނިކޮށް ކުޑަކުއްޖާ ގެއްލުނުކަމަށެވެ. އަދި ހޯދަމުންދަނިކޮށް ބައްޕައަށް ފެނުނީ ބިމާ ހަމަހަމައަށް އަޑިއަށް ފައްތާފައި ހުރި ފެންޓައްޕެއްގެ ތެރެއަށް ކުއްޖާ ގެނބި މަރުވެފައިވަނިކޮށް ކަމަށެވެ. ހަމަ އެވަގުުތު ގޮތްހުސްވެފައިވާ މިނިކަންދަން އަންހެންކުއްޖާ ކައިރީ ތިމަންނަ މިދަނީ ޓެރެސް އަށް ފިލަންކަމަށް ބުނިކަމަށް ވެއެވެ އެއަށްފަހު ފަސް އަހަރުގެ އަންހެން ކުއްޖާ ޓެރެސް އަށް ދިޔައީ ބައްޕަ ފެނޭތޯއެވެ. ނަމަވެސް ހޯދާހޯދާ ނުފެނުމުން އޭނަ އޭނަގެ މަންމައަށް ގޮވުމުން، މިނިކަންދަން ފެނޭތޯ އަނބިމީހާ ޕޫވިތާ ހޯދަންފެށިކަމަށެވެ. ނަމަވެސް ޓެރެސް އިން ނުފެނުމުން އެގޭގެ އަނެއް ކޮޓަރިއަށް ވަންއިރު އޭނަވަނީ ދަންޖެހިގެން މަރުވެފައެވެ.

ފުލުހުން ބުނީ ، މިނިކަންދަން މަރުވެފައި އޮތްވާފެނުމުން ޕޫވިތާ ދުއްވައިގަތީ ޖެހިގެން ހުރިގޭގެ މީހުންގެ އެހީހޯދުމަށެވެ. އެއަށްފަހު އެނބުރި އައިސް ކުޑަ ކުއްޖާވެސް ފެންނަން ނެތުމުން ހޯދިއިރު އޭނަވެސް ފެނުނީ ފެންޓައްޕުތެރޭގައި މަރުވެފައި އޮތްވައެވެ.

މިހާދިސާއާ ގުޅިގެން މިނިކަންދަންގެ އަނބިމީހާ ޕޫވިތާބުނީ އޭނަ ނިދާފައި އޮތީ މީގެ ދެދުވަސް ކުރިން ދަރިންގޮވައިގެން މަޖާކުރަނިކޮށް ފަޔަށް އަނިޔާއެއްވެފައި ހުރުމުން އަރާމު ކުރުމަށް ކަމަށެވެ. ނަމަވެސް އޭނަގެ ދަރިފުޅު މަރުވުމުން އޭނައަށް ނައަންގާ ފިރިމީހާ އެކަމާ ގޮތްހުސްވެ އަމިއްލައަށް މަރުވުމުން މިހާރު މާބޮޑަށް ހިތްދަތި ވެފައިވާ ކަމަށް ޕޫވިތާ ބުންޏެވެ.