English Edition
Dhivehi Edition

އެމްޑީޕީގެ ޕްރައިމަރީގައި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއަށް ވާދަނުކުރެވޭނެކަމަށް ބުނެ އެމްޑީޕީ މީހުންދައްކަމުންދާ ވާހަކަތަކާއި ގުޅިގެން މުސްތަފާ ރައްދުދެއްވައިފިއެެވެ

މުސްތަފާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އާއި ނުގުޅި ވެސް އޭނާ އަށް މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެވިދާނެ ކަމަށެވެ.”ޚަބަރުދާރު! މުސްތަފާ އަކީ އެމްޑީޕީ އިން ކަނޑާލަފާނެތީ ކުޑަވެސް ޖެހިލުމެއް ވާނެ މީހެއް ނޫން. އެއްވެސް ޕާޓީއަކަށް ނުވަދެ މަޖިލީހަށް ކުރިމަތިލައި، ގޮނޑި ކާމިޔާބުކުރުމުގެ ހިތްވަރު މުސްތަފާގެ ކިބައިގަ ހުންނާނެ. ބިރު ދައްކަން ނޫޅޭތި”.މުސްތަފާ ބުންޏެވެ

މީގެ ކުރިން 2014 ވަނަ އަހަރު އެމްޑީޕީގެ ޓިކެޓުގައި މުސްތަފާ ވާދަކުރެއްވުމަށްފަހު އިންތިހާބުވުމުން މުސްތަފާވަނީ ޕާޓީ ބަދަލުކުރައްވާފައެވެ.