English Edition
Dhivehi Edition

މަޝްހޫރު ޓީވީ ސިލްސިލާ ‘ޕަވިއްތުރަ ރިޝްތާ’ އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ބަތަލާ އަންކިތާ ލޮކަންޑޭ އާއި ލޯބިވެރިޔާ ވިކީ ޖެއިން އަންނަ އަހަރު ކައިވެނި ކުރަން ތައްޔާރުވަމުން އަންނަކަމުގެ ހަބަރުތަކެއް ފެތުރިއްޖެއެވެ

ކުޅަދާނަ އެކްޓަރު ސުޝާންތު ސިންގ ރާޖްޕުތު އާއި ވަކިވުމަށް ފަހު އަންކިތާ މުމްބާއީގެ މަޝްހޫރު ވިޔަފާރިވެރިޔާ ވިކީ އާއި ލޯބީގެ ގޮތުން ގުޅުނީ 2016 ވަނަ އަހަރުގައެވެ.ދެމީހުން ވެސް އެކަކު އަނެކަކުގެ އާއިލާ އާއެކު ކައިވެނީގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފައިވާއިރު އަދި މި ކައިވެންޏާއި ބެހޭ ގޮތުން ދެމީހުންވެސް މީޑިއާ އާއި އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެެވ

2019 ވަނަ އަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ އަންކީތާގެ ފުރަތަމަ ފިލްމު މަނީކަރްނިކާ:ކްއުން އޮފް ޖާންސީ އާއި އެކު އޭނާ އަށް ފިލްމީ ދާއިރާއިން އިތުރު ފުރުސަތުތަކެއް ލިބިގެންދާނެއެވެ. އެހެންކަމުން އަންކިތާގެ ކައިވެނީގެ ހަބަރާއެކު އޭނާގެ ފިލްމީ ކެރިއަރަށް ހުރަސްއެޅިދާނެކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ