English Edition
Dhivehi Edition

ދާދި ފަހުން އިނގިރޭސި ޕްރިމިއަ ލީގުގެ ކޯޗުކަމުން ވަކި ކުރި ޕޯޗުގަލްގެ މޮރީނޯ ސްޕެއިންގެ ގަދަ ބާރު މެޑްރިޑް އާއި ގުޅޭނެތޯ ކުރެވޭ ސުވާލަކީ އެއީ އޭނާއަށް ޖަވާބު ދެވޭނެ ސުވާލެ ނޫންކަމަށް މާސެލޯ ބުނެފިއެވެ.

ބްރެޒިލްއަށް އުފަން 30 އަހަރުގެ މާސެލޯ މިހެން ބުނެފައިވަނީ ކުލަބް ވޯލްޑް ކަޕްގެ ސެމީފައިނަލްގައި ޖާޕާނުނެ ކަޝިމާ އެންޓެލެސް އާއި ބައްދަލުކުރުމުގެ ކުރިން މީޑިޔާއަށް ދިން އިންޓަވިއެގައެވެ.

ނޫސްވެރިއަކު މޮރީނިއޯ މެޑްރިޑް އާއި ގުޅިދާނެތޯ ސުވާލު ކުރުމުން މާސެލޯ ބުނީ މޮރީނިއޯ މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން ވަކި ކުރި ހަބަރު ލިބުމުން ވަރަށް ދެރަވާ ކަމަށާއި އޭނާ ރިއަލްމެޑްރިޑް އާއި ގުޅިދާނެތޯ ނޫންތޯ އެކަން ނިންމާނީ ކުލަބް ބޯޑުން ކަމަށެވެ.

“އަހަރެން ނޫން ގޮތް ނިންމާނީ އަކީ.އެހެން ނަމަވެސް އޭނާ އަހަރެން ނާއި އެކު މި ކުލަބްގައި ކޮށްދިން ކަންތަށް އަހަރެން ބަލައިގަނަން”މާސެލޯ ބުންޏެވެ.” އަހަރެމެން މީ އެއް އާއިލާއެއް އެއްވެސް މީހަކަށް ދެރައެއް ލިބޭކަށް އަހަރުމެން ކުރެން އެއްވެސް މީހަކު ބޭނުން ނުވާނެ” މާސެލޯ އިތުރަށް ބުންޏެވެ.

މާސެލޯ ބުނީ މިވަގުތު ވިސްނުން ހުރީ މެޗަށް ކަމަށާއި ބޭނުމީ ކުލަބް ވޯލްޑް ކަޕްގެ ތަށި އުފުލާލަން ކަމަށެވެ.