English Edition
Dhivehi Edition

މާފުށީ ޖަލަށް 98 ފޯނާ އެކު ގިނަ އަދަދެއްގެ ސާމާންތަކެއް އެތެރެކުރަން އުޅުނު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ މާފުށީ ޖަލަށް ފޯނުތަކެއް އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ފުލުހުން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދެ މީހަކާއި 32 އަހަރުގެ މީހަކާއި 43 އަހަރުގެ މީހެކެވެ.

މާފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން، ޑިސެމްބަރ 17ވަނަ ދުވަހުގެ 19:30 ހާއިރު ހިންގި މިއޮޕަރޭޝަންގައި މި ހަތަރު ފިރިހެނުން ހައްޔަރުކޮށްފައިވަނީ މާފުށި ޖަލު ހުންނަ ސަރަޙައްދު ފަޅުތެރެއަށް ލޯންޗު ކައިރިކޮށް މޫދަށް ފައިބައިގެން އެތަކެތި ޖަަލަށް އެތެރެކުރުމަށް މަސައްކަތްކުރަމުން ދަނިކޮށް ކަމަށް ފުލހުންވަނީ ބުނެފައެެވެ.

މި ހަތަރު މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރި ކުރުމުން، އެމީހުން ގެންގުޅުނު ދަބަހެއްގެ ތެރެއިން 98 މޮބައިލް ފޯނާއި، 104 ޗާޖަރާއި، 18 ސިމް ކާރޑާއި، 9 ހެޑް ސެޓާއި، ޔޫއެސްބީ 30 ކޭބަލާއި، ފޯނު ބެޓެރީގެ 14 ބެޓެރިއާއި، ޖޮއިސްޓިކެއް ވަނީ ފެނިފައެވެ.

މިމައްސަލަ ކ. މާފުށި ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ