English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް

އާއިލީ ބައްދަލު ވުމަކަށް މާފުށީ ޖަލަށްދިޔަމީހަކު މަސްތުވާ ތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ޖަނަވަރީ 12 ވަނަ ދުވަހުގެ ހެނދުނު 10:30 ހާއިރު އާއިލީ ބައްދަލުވުމަށް މާފުށީ ޖަލަށް ދިޔައީ 27 އަހަރުގެ މީހެއްކަމަށެވެ.

އޭނަގެ އަތުގައި މަސްތުވާތަކެތި ހުރިކަމަށް މާފުށީ ޖަލުން، މާފުށީ ޕޮލިސް ސްޓޭޝަނަށް ދިން މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ ގެނެސް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ސެލޯފިން ކޮޅާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ތިން ރަބަރު ކޮޅާއި، މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް އޭނަގެ އަތުންފެނިފައިވެއެވެ.

މި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މާފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް މިހާރުވަނީ ބަންދަށް 13 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.