English Edition
Dhivehi Edition

މިދިޔަ މަހުގެ 17 ގައި ރައީސް ކަމާއި ހަވާލުވެވަޑައިގެން ހުވާކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފުއްދަވައި ދެއްވަން ވައުދުވެވަޑައިގަތް ކަންތައްތަކުގެ ތެރެއިން 30 ދުވަހުގެ ތެރޭގައި 10 ވައުދެއް މިވަނީ ފުއްދަވައިދެއްވާފައެވެ.މި ސަރުކާރުގެ ފުރަތަމަ 30 ދުވަހު ހާސިލްކުރުމަށް ކަނޑައާފައިވަނީ 49 ވައުދެވެ.ބާކީ ހުރި 39 ވައުދުގެ މަސައްކަތްތައް އެކި މިންވަރަށް ނިންމައި، އަދި ބައެއް މަސައްކަތްތައް އެކަމާ ހަވާލުވެފައިވާ މިނިސްޓްރީތަކުން އަންނަނީ ކުރަމުންނެވެ.

މި ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ފުއްދައިދީފައިވާ ވައުދުތަކަށް ބަލާއިރު
•މިސްކިތްތަކުގައި ގުރްއާން ކިޔަވަން ފެށުން
• ނުހައްގުން ވަޒީފާއިން ވަކި ކުރެވިފައިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ވަޒީފާ އަނބުރާ އިޔާދަކޮށްދިނުމުގެ މަސައްކަތް. އަދި ވަޒީފާ އަދާކުރަމުން ދިޔަ ތަންނޫން އެހެން ތަންތަނަށް ނުހައްގުން ބަދަލުކުރެވިފައިވާ ފަރާތްތަކުގެ ވަޒީފާ ބަދަލުކުރެވުމުގެ މަސައްކަތް
• ފުވައްމުލަކު ސިޓީ ސްކޫލްގެ މަގު ފުޅާކުރުމުގެ މަސައްކަތް.
• މަސްވެރިކަމަށް ނުކުންނަން ކުރަންޖެހޭ ޚަރަދު ކުޑަކުރުމުގެ ގޮތުން މަސްވެރިންނަށް ޑީސަލްގެ އިމްޕޯޓު ކަނޑާލުން.
• ދަނޑުވެރިކަން ކުރުމަށް އެތެރެކުރެވޭ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލުން.
• މާލެ އާއި ހުޅުމާލެ އާއި ދެމެދު ދުއްވާ ބަސް މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުތަކަށް މަޑުކުރުމަށް ބަސް ސްޓޮޕްތައް ހެދުން.
• އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހިލޭ ސައިކަލު ޕާކުކުރާނެ ސަރަހައްދެއް ކަނޑައެޅުން.
• މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށުން.
• މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ފެށުން.
• ޔޫއެންގެ އެންޑަބްލިޔުޖީއީއައިޑީ އަދި ޔޫއެންއެޗްއާރްސީ ގައިވާ ރާއްޖޭގެ މައްސަލަތައް ހުރި ހިސާބެއް ބަލައި މައްސަލަތައް އަވަހަށް ނިންމުމަށް ބާރުއެޅުން.

މިހާތަނަށް އެ މިނިސްޓްރީ އަކާ ގުޅޭ ވައުދުތައް އެންމެ ރަނގަޅަށް ހާސިލްކޮށްފައިވަނީ ފޮރިން މިނިސްޓްރީންނާއި، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީންނެވެ.