English Edition
Dhivehi Edition

މ. ނަލަހިޔާ މަންޒިލްގައި ހަދަމުންދާ އިމާރާތުގެ ފަސް ވަނަ ބުރީގައި މަސައްކަތް ކުރަނިކޮށް މަގުމައްޗަށް ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުވެ، ކުޑަ ކުއްޖަކު ނުރައްކާތެރި ގޮތަކަށް ޒަހަމްވެފައިވާއިރު އެ މަސައްކަތް ޑަބްލިޔު ކޮންސްޓްރަކްޝަނުންކުރަމުން ދިޔައީ ހުއްދަތައް ނުނަގާކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ

އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ހަތް އަހަރުގެ އަންހެންކުއްޖާގެ ހާލު ބެލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ސިމެންތި ބަސްތާ ވެއްޓުނު އިމާރާތް ހަދަމުންދިޔަ ކުންފުނިން އެ ސަރަހައްދުގައި މަސައްކަތްކުރީ ނަގަންވާ ހުއްދަތައް ނުނަގައި ކަމަށާއި ހުއްދައިގެ ބޯޑެއް އެ ސަރަހައްދުގައި ހުއްޓަސް އެއީ އެހެން މަސައްކަތެއް ކުރަން ނަގާފައިވާ ހުއްދައެއް ކަމަށެވެ

ކޮންސްޓްރަކްޝަން ސައިޓުގައި ހުއްދައިގެ އިތުރުން، މަސައްކަތު ސައިޓް ސުޕަވައިޒްކުރި އިރު އެހެން މައްސަލަތަކެއް ވެސް ސިޓީ ކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށް ޝިފާ ވަނީ ބުނެފައެވެ..އަދި ކުންފުނީގެ އިހުމާލުން އެހާ ބޮޑު ހާދިސާއެއް ހިނގާފައިވާއިރު އަދިވެސް ކުންފުނީގެ ފަރާތުން އާއިލާއާއި ބައްދަލުކޮށްފައިނުވާކަމަށް ޝިފާވަނީ ބުނެފައެވެ