English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގަވާފައިވާ ވައްކަންތައް އެމަނިކުފާނަށް ހަނދާންކޮށްދެއްވުމަށް ރައްޔިތުން މިއަދު ނިކުތުމަށް އެމްޑީޕީއިން ގޮވާލައިފިއެވެ.މާދަމާ ރައީސް ޔާމީން މެންދުރު ދެގަޑި ސުންމިނެޓަށް ފުލުހަށް ހާޒިރުވުމަށް ޗިޓުފޮނުވާފައިވާއިރު ޕީޕީއެމްއިން ވިދާޅުވީ އެމަނިކުފާނު ފުލުހަށް ވަޑައިގަންނަވާނީ ޕީޕީއެމް އޮފީހުން ހިންގަވާފައި ކަމަށެވެ.

އެމްޑީޕީ އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ ރައީސް ޔާމިން ކޮށްފައިވާ ވައްކަންތައް އެމަނިކުފާނަށް ހަނދާން ކޮށްދިނުމަށް ދިވެހިރައްޔިތުން މާދަމާ މެންދުރު 13:00 އަށް އެމްޑީޕީ ހަރުގެ ކުރިމައްޗަށް ނިކުމެ ވަޑައިގެންނެވުން އެދޭ ކަމަށެވެ.އަދި ޕީޕީއެމް އިން ވެސް ވަނީ ޔާމީން ފުލުހަށް ހާޒިރުވާ ވަގުތާއި ދިމާކޮށް ޔާމީންގެ ސަޕޯޓަރުން ޕީޕީއެމްގެ އޮފީސް ކައިރިއަށް ޖަމާވުމަށް ގޮވާލާފައެވެ.

.ރައީސްކަމުގައި ހުންނަވައިގެން ޤާނޫނާ ޙިލާފަށް މާލީ މުއާމަލާތްތަކެއް ކުރީގެ ރައީސް ޔާމީން ހިންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދައުލަތުގެ އިދާރާތަކުން ހުށަހަޅައިގެން ބަލަމުން އަންނަ ކަމަށް ފުލުހުން ރޭ ވަނީ ވިދާޅުވެފައެވެ.މިގޮތުން ރައީސް ޔާމީންގެ މައްސަލަ ފުލުހަށް ހުށަހެޅީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންނެވެ.