ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އަހްމަދު އަދީބުގެ އަތުން ފައިސާ ހޯއްދެވި ކަމަށް އެއްބަސްވެއްޖެއެވެ.މިގޮތުން ޝައިނީ ވިދާޅުވީ އޭނާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި ޑޮލަރުތަކެއްގައި ހިއްޕެވި ކަމަށާއި އެއީ ލޯނެއްގެ ގޮތުން ގަބޫލުކުރި ފައިސާތަކެއް ކަމަށެވެ.
ޝައިނީ ވިދާޅުވީ އަދީބު އެ ފައިސާ ދެއްވީ އޭނާ ބުނެގެން އޭނާގެ އަންހެނުންގެ ގޭގެ ލިފްޓު ހަރުކުރުމަށްކަމަށެވެ.އަދި އެއީ އޭނާއަށް އެދުވަސްވަރު ޑޮލަރު ނުލިބިގެން ނައިބު ރައީސް އަދީބު ކައިރީ ބުނުމުން ދެއްވި ލާރި ކަމަށެވެ.އަދި އަދީބް އަތުން ހޯދި އެ ލާރިޔަކީ އަނބުރާ ދޭގޮތަށް ހޯއްދެވި ލާރިކަމަށްވެސް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.
އަދީބާއި ޝައިނީ އަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެބޭފުޅުންނަށްވާއިރު ޝައިނީ ވިދާޅުވީ، އަދީބު އެދުވަސްވަރު ހިންގި ކަމަށް ތުހުމަތުކުރާ އެއްވެސް ކޮރަޕްޝަންގެ މައްސަލައެއްގެ މައުލޫމާތު އޭނާއާ ހަމައަށް ނުލިބޭ ކަމަށެވެ.އަދި އެއިން އެއްވެސް ކަމެއްގެ މައުލޫމާތު ލިބުނުނަމަ އެ ކަމެއް ރައީސް އަބްދުﷲ ޔާމީންއާ ހަމައަށް ގެންދަވާނެ ކަމަށް ޝައިނީ ވިދާޅުވިއެވެ.