English Edition
Dhivehi Edition

ވިހެއުމުގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫ ހޮސްޕިޓަލްގެ އިހްމާލުން ދަރިފުޅު ނިޔާވެފައިވާ ކަމަށް، ނިޔާވި ކުއްޖާގެ އާއިލާ އިން ބުނެފިއެވެ

ނިޔާވިކުއްޖާގެ އާއިލާގެ ފަރާތުން ‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މާބަނޑު ދުވަސްވަރުވެސް ގަވައިދުން ޑޮކްޓަރަށް ދައްކާ ކަމަށެވެ.އަދި މިދިޔަ ހޮނިހިރު ދުވަހު ޑޮކްޓަރަށް ދެއްކުމުން ސްކޭނެއް ހެދި ކަމަށާއި ސްކޭނުން ކުއްޖާގެ ކަރުގައި އެއްޗެއް ހުރިކަމަށް ދެއްކި ނަމަވެސް އެމައުލޫމާތު ސްކޭންގެ ރިޕޯޓްގައި ވެސް ލިޔެފައި ނެތް ކަމަށެވެ. އެހެންނަމަވެސް މައިމީހާ ވިއްސާއިރު އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭނެ ކަމަށާއި އެއީ މައްސަލައެއް ނޫންކަމަށް ޑޮކްޓަރު ބުނެފައިވާކަމަށް އާއިލާއިންވަނީ ބުނެފައެވެ.

ހޯމަ ދުވަހު މާބަނޑުމީހާ ޑޮކްޓަރަަށް ދައްކަންގޮސް ދަރިފުޅު އެހާ ވަރަށް ނުތޮޅޭކަމަށް ބުނުމުން ޑޮކްޓަރު ވަނީ ތުއްތު ކުއްޖާގެ ހިތުގެ ހިނގުން ބަލާފައެވެ.އަދި ހިތުގެ ހިނގުން ވަރަށް ބޮޑަށް ދަށްވެފައި ހުރުމުން ވަގުތުން ސިޒޭރިއަން ހަދަން ޑޮކްޓަރު ނިންމި ނަމަވެސް އެވަގުތު އެތަނުގައި ކުދިންތަކެއް ހިތާނު ކުރަނީ ކަމަށް ބުނެ އޮޕަރޭޝަން ތިއޭޓަރ ނުލިބިގެން ސިޒޭރިއަން ނުހެދި ގިނަ އިރުތަކެއްވި ކަމަށް އާއިލާއިންވަނީ ބުނެފައެވެ.

ސިޒޭރިއަން ހެދުނު އިރު ކުއްޖާގެ ކަރުގައި ތިން ފަށަށް ފޫޅު އޮޅި ކުއްޖާ ނިޔާވެފައިވާއިރު މި މައްސަލައާއި ގުޅިގެން އަދި މިހާތަނަށް ހިތަދޫ ހޮސްޕިޓަލުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. އާއިލާގެ ފަރާތުން މިހާރު އަންނަނީ މި މައްސަލަ ހެލްތު މިނިސްޓްރީއަށް ފޮނުވަމަށް ތައްޔާރުވަމުންނެވެ