English Edition
Dhivehi Edition
ޕެންޝަން އޮފީސް ހިންގާ އިމާރާތް: ފޮޓޯ މިހާރު

ރާއްޖޭގައި، ބޭރުގެ އަސްކަރިއްޔާ އޮތުމަށް ދިވެހިން ދެކޮޅު ކަމަށް ބުނެ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) އިން އާއްމުންނަށް ފޮނުވާ މެސެޖްތަކަކީ ފޭކް މެސެޖްތަކެއް ކަމަށް އެމްޕީއޭއޯ އިން ބުނެފިއެވެ.

ޕެންޝަން އޮފީހުގެ ރަސްމީ ނަންބަރުން ރޭ ފޮނުވި މެސެޖުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގައި ބޭރުގެ އަސްކަރިއްޔާ އޮތުމަށް ދިވެހިން ދެކޮޅު ކަމަށެވެ. އަދި އެކަމަށް ދިވެހިން އަޑުއުފުލަން ޖެހޭ ކަމަށެވެ.މިކަމާއި ގުޅިގެން ޕެންޝަން އޮފީހުން ބުނެފައި ވަނީ، އެމްޕީއޭގެ ނަމުގައި ދައުރުވަމުންދާ އެމްޕީއޭއޯގެ ނަމުގައި ފޮނުވަމުންދާ މެސެޖުތަކަކީ، ޕެންޝަން އޮފީހުގެ ފަރާތުން ފޮނުވަމުންދާ މެސެޖުތަކެއް ނޫން ކަމަށެވެ. އަދި އެމައްސަލަ ކަމާއިބެހޭ މުއައްސަސާތަކާއި ގުޅިގެން ބަލަމުންދާ ކަމަށްވެސް ޕެންޝަން އޮފީހުން ވަނީ ބުނެފަ އެވެ.

ޕެންޝަން އޮފީހުގެ ނަންބަރުން މެސެޖުތަކެއް ދައުރުކުރެވުމުން ދޭހަވަނީ، ސަރުކާރުގެ އިދާރާތަކުގެ މުޅި ކޮންޓްރޯލް އަދިވެސް މިސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އަތުގައި ނެތުންކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ.