English Edition
Dhivehi Edition

ނޫސްވެރިކަމުގެ އަލިމަސް ގަލަން ރާއްޖޭގެ ނޫސްވެރިކަމުގެ ތަޖުރިބާކާރު ނޫސްވެރިޔާ އަދި ވީ މީޑިއާގެ ހިންގުންތެރިޔާ އިމާދު ލަތީފަށް ލިބިވަޑައިގެންފިއެވެ

އިމާދު ލަތީފުގެ އިތުރުން ނޫސްވެރިކަމުގެ އަލިމަސް ގަލަން ރާއްޖޭގެ ނޫސްވެރިކަމުގެ ތަޖުރިބާކާރު އަދިގިނަ ޚިދުމަތްތަކެއް ކުރެއްވި ހަތް ބޭފުޅަކަށް މިރޭ ލިބިވަޑައިގެންނެވިއެވެ

މި ޖަލްސާގައި އަލިމަސް ގަލަން ހާސިލްކުރެއްވި ބޭފުޅުންނަކީ ނޫސްވެރިކަމުގެ ދާއިރާ އިން ޕީއެޗް.ޑީ ހާސިލްކުރެއްވި ފުރަތަމަ ދިވެއްސަކަށް ވެވަޑައިގެންނެވި “ހަވީރު” ނޫޙުގެ ކުރީގެ އެޑިޓަރު ޑރ. އަލީ ރަފީގު އާއި “އާފަތިސް” ނޫހުގައި އިސް ދައުރެއް އަދާކުރެއްވި އަބްދުﷲ ނައީމް އިބްރާހީމް އާއި “މިހާރު”ގެ އެޑިޓަރު މޫސާ ލަތީފު އާއި ސަން އޮންލައިންގެ ޗީފް އެޑިޓަރު ހިރިގާ އަހުމަދު ޒާހިރު އާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު އާއި މުހައްމަދު ސައީދު މޫސާ ވަޖުދީ ގެ އިތުރުން ހޯރަފުށީ މުހައްމަދު ސަލީމް ވަނީ އަލިމަސް ގަލަން ލިބިވަޑައިގެންފައެވެ

ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުނު އަލިމަސް ޔޫބީލާ ދިމާކޮށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ހޯމް މިނިސްޓްރީ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިކަމުގެ އެވޯޑް ހަފްލާގައި އެކި އެކި ދާއިރާތަކުން 2017 ވަނަ އަހަރު އެންމެ މޮޅު ނޫސްވެރިންނަށް ވަނީ އެވޯޑް ދީފައެވެ