English Edition
Dhivehi Edition

ސްޓާ ޕްލަސް އިން ގެނެސްދިން ޓީވީ ސިލްސިލާ “ސާތު ނިބާނާ ސާތިޔާ” ގައި ގޯޕީ ބަހޫގެ ރޯލުން މަޝްހޫރު ކަން ހޯދި ޓީވީ ބަތަލާ ދެވޮލީނާ ބަޓަޗަރުޖީ ހައްޔަރު ކުރި ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ

މީގެ ކުރިން އިންޑިއާގެ މީޑިއާތަކުން ބުނެފައިވަނީ 28 އަހަރުގެ ބަތަލާ ހައްޔަރު ކުރީ ޑައިމަންޑްގެ ވިޔަފާރި ކުރާ ރާޖޭޝްވަރު އުދާނީ ނަމަކަށް ކިޔާ ވިޔަފާވެރިއެއްގެ މަރުގެ މައްސަލައިގެ ތަހުގީގުގެ ތެރޭގައި، އޭނާގެ ކޯލް ރިކޯޑްތައް ޗެކްކުރި އިރު، އޭގެ ތެރޭގައި ދެވޮލީނާގެ ނަން ވެސް ހިމެނިފައިވާތީ އެވެ. އެހެންވެ ތަހުގީގަށް އޭނާ ހައްޔަރު ކުރީ ރާޖޭޝްވަރުއާ ކުރެވުނު މުއާމަލާތްތަކާ ބެހޭ ގޮތުން ސުވާލު ކުރުމަށްކަމަށް މީޑިއާ ރިޕޯޓްތައްވަނީ ބުނެފައެވެ

މި ވާހަކަތަކާއި ގުޅިގެން ދެވޮލީނާ ގެ ވަކީލް ބުނީ އޭނާގެ ކްލައިންޓް ހައްޔަރު ކޮށްފައިވާކަމަށް ބުނެ އިންޑިއާގެ ނޫސްތަކުން ފަތުރާފައިވާ ޚަބަރަކީ ދޮގު ޚަބަރެއްކަމަށާއި އެގޮތުން ކަމުގެ ހަގީގަތް ނުބަލާ މިޑިއާގައި އެފަދަ ޚަބަރެއް ފެތުރުމަކީ ވަރަށް ޒިންމާދާރު ކަން ކުޑަ ގޮތަކަށް ކޮށްފައިވާ ކަމެއްކަމަށެވެ.އަދި އެ ޚަބަރުގެ ސަބަބުން ދެވޮލީނާއަށް އެކި ގޮތް ގޮތުން ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބިފައިވާކަމަށާއި އެފަދަ ޚަބަރުތައް ފަތުރާ މީހުންނާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ވަކީލްވަނީ ބުނެފައެވެ

އުދާނީގެ މަރުގެ މައްސަލައިގައި މިހާތަނަށް ދެ ފިރިހެނުންނާއި އަންހެނަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި މަހަރާޝްތުރާ ސްޓޭޓްގެ ހައުސިން ޑިޕާޓްމަންޓްގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޕްރަކާޝް މެހެތާގެ އެހީތެރިއެއްގެ ގޮތުގައި ކުރިން މަސައްކަތްކޮށްފައިވާ ސަޗިން ޕަވަރު ހިމެނެއެވެ.