English Edition
Dhivehi Edition

އިންޑިއާގެ ބެންގަލޫރަށް އުފަން އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކު އޭނަގެ މަންމަގައިގައި ފިހިގަނޑަކުން ތަޅާ ހުތުރުބަހުން މުހާތަބުކޮށް ބިރުދައްކާ ވީޑިއޯ އެއް ވައިރަލް ވެއްޖެއެވެ.

އުމުރުން ފަންސާހަކަށް އަހަރުވެފައިވާ އެ މަންމަގެ ގައިގައި ތަޅާ ބިރުދެއްކި މައްސަލަ މިހާރު އިންޑިއާގެ ފުލުހުންވަނީ ބަލާފައެވެ. ހަބަރުތައް ބުނާގޮތުގައި މިކުއްޖާ މި އަމަލު ހިންގީ އޭނަ ފިލާވަޅުދަސްނުކޮށް ސިނގިރޭޓް ބޮއެ މަގުމަތީގައި އުޅޭތީ އަވަށްޓެރި ބައެއްކައިރީ އެވާހަކަ އޭނަގެ މަންމަ ދައްކާފައި ވާތީއެ ކަމާ ހިތްހަމަ ނުޖެހިގެންނެވެ.

މިހާރު އިންޓަނެޓްގައި ވައިރަލް ވެފައިވާ އެވީޑިޯ ގައި ފެންނަ ގޮތުގައި އެކުއްޖާގެ މަންމަ ސޯފާގައި އިށީނދެގެން އިންދާ ފިހިގަނޑެއް ހިފައިގެން އައިސް އެ މަންމަ އަށް ބިރުދައްކައެވެ. އަދި “އަހަރެންގެ ވާހަކަ އެހެންމީސް މީހުން ކައިރީ ދައްކަންޏާ މިހެން ކޮންމެފަހަރަކު ޖަހާނަން” އެހެން ބުނެ ފިހިގަނޑުން ވަރަށް ބާރަށް މަންމަ ގައިގައި ޖަހައެވެ.

އެވަގުތު އޭނަގެ ދައްތަ އެހެން ނެހެދުމަށް އެދި އާދޭސް ކުރެއެވެ. ނަމަވެސް އޭނަ ޖަވާބުގައި ބުނީ ފުލުހުންނަށް ރިޕޯރޓް ކުރިޔަސް އެންމެ ރަނގަޅު ކަމަށާއި ދައްތަ މިކަމާ ނުބެހުމަށެވެ.

މިހާދިސާ ބެންގަލޫރު ފުލުހުން މިހާރު ވަނީ ތަހުގީގު ކޮށް ނިންމާފައެވެ. ފުލުހުން ބުނެފައިވަނީ އެވީޑިއޯ ކޮށްފައިވަނީ އެކުއްޖާގެ ދައްތަކަމަށާއި ވީޑިއޯ ކުރުމުގެ ބޭނުމަކީ ފުލުހުންނަށް ވީޑިއޯ ދައްކައިގެން ކޮއްކޮގެއެ އަމަލު ހުއްޓުވުމަށެވެ. ފުލުހުން މިހާރު ވަނީ އެކުއްޖާއަށް ގޯސްކޮށް ނޫޅުމަށާއި މަންމަގައިގައި ތަޅާ އަނިޔާނުކުރުމަށް ނަސޭހަތްތެރި ވެ އެކުއްޖާ ދޫކޮށްލާފައެވެ.

މިހާދިސާއާއި ގުޅިގެން އެކުއްޖާގެ ދައްތަބުނެފައިވަނީ ފުލުހުން ކުރިމަތީގައި އެކުއްޖާ މިހާރު ވަނީ މަންމަގެ ކިބައިން މާފަށް އެދިފައެވެ.