English Edition
Dhivehi Edition

“ގައުމީ ވިންދު” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާކަމަށް އެކޮމިޝަނުން ބުނެފިއެވެ.

“ގައުމީ ވިންދު” ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދެއްވީ ގ.ރާހވެހި، މުހައްމަދު ރަމީޒު އަލީ (އޮގަރު ރަމީޒު) އަށެވެ.

އިލެކްޝަން އިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤައުމީ ވިންދުގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް އިލެކްޝަނުން ހުއްދަ ދީފައިވާ ކަމަށެވެ.

މިދިޔަ ނުވެމްބަރު މަހުގެ 29 ހުގައިވެސް ވަނީ އާ ސިޔާސީ ޕާޓީއަކަށް ރަޖިސްރީ ކޮށްފައެވެ.އެއީ މޯލްޑިވްސް ތާޑްވޭއި ޑިމޮކްރަޓްސް ނަމަކަށްކިޔާ ސިޔާސީ ޕާޓީއެކެވެ.މިހާރުވެސް އިލެކްޝަންސް ކޮމިޝަނުގައި 6 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައިއެބައޮތެވެ.އެއީ އެމްޑީޕީއާއި ޕީޕީއެމް، ޖުމްހޫރީޕާޓީއާއި، ޑީއާރުޕީ، އެމްޑީއޭގެ އިތުރުން އަދާލަތުޕާޓީއެވެ.