English Edition
Dhivehi Edition
ހުސައިން ހިލްމީ -- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ކުރީގެ ވަޒީރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން ހިލްމީ ހައްޔަރުކޮށްފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ރޭ، ހުސައިން ހިލްމީ ހައްޔަރުކޮށް މިވަގުތު ބަންދުކޮށްފައި ހުންނެވީ އަތޮޅުވެހީގައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ރާއްޖޭގައި ބައެއް ރިސޯޓުތައް ހިންގާ ސަންލޭންޑް ހޮޓެލްސް އެއް ހިއްސާދާރު ހުސައިން ހިލްމީ ހިލްމީ ހައްޔަރުކުރީ ބައުންސް ޗެކްތަކެއްގެ މައްސަލައިގައި ކަމަށް އެނގިފައިވެ އެވެ.

ހުސައިން ހިލްމީ ހައްޔަރުކުރިއިރު ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ސަންލޭންޑް ހުސެއިން ހިލްމީގެ މައްޗަށް ފެބްރުއަރީ 2017 ގައި ވަނީ ހުކުމް ކޮށްފަ އެވެ.

މި ފައިސާ ދައްކަންޖެހޭ ކަމަށް ހުސެއިން ހިލްމީގެ ފަރާތުން ކޯޓުގައި އެއްބަސްވެ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެ އަހަރުގެ ޖުލައި މަހާ ހަމަ އަށް އެކި ފަހަރު މަތިން އެކި މިންވަރަށް ފައިސާ ދައްކައި، އެ ދަރަނި ޚަލާސް ކުރަން އޭނާ ހުށަހެޅުމުން، ނާޒިމްގެ ފަރާތުން އެ ހުށަހެޅުން ގަބޫލުކުރި އެވެ. އެހެންވެ، އެގޮތަށް ފައިސާ ދައްކަން ހުސައިން ހިލްމީގެ މައްޗަށް ކޯޓުގެ ހުކުމުގައިވަނީ އަންގައިފަ އެވެ

ހުސައިން ހިލްމީ އަކީ ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި ޔޫތު މިނިސްޓަރު ކަމާއި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ހުސައިން ހިލްމީ ހައްޔަރުކުރި މައްސަލާގައި އޭނާއާއި ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.