English Edition
Dhivehi Edition

މިއަދުު ހެނދުނުއްސުރެ މާލެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހުނު 166 އާއިލާއެއް ސަރުކާރުގެ އެހީތެރި ކަމަށް އެދިފަައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު 10:00 ން މެންދުރުފަހު 1:00 އާ ހަމައަށް 44 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މެޓް އޮފީހުން ބުނެއެވެ.މި ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުންތައް ލިބިފައިވަނީ މާފަންނުގެ ގެތަކަށެވެ.

މި ވިއްސާރަޔާއި ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހުނު އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހަމްދަރުދީވެސް ފޮނުއްވައިފައެވެ.މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ މާލެއަށް ބޯކޮށް ވާރެވެހުމާ ގުޅިގެން މާލޭގެ ގިނަ ރައްޔިތުންނަށް ދިމާވި ދަތި އުނދަގުލަށް ހިތާމަކުރަށްވާކަމަށާއި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ އާއި ސިފައިންނާއި ފުލުހުން އަދި މޯލްޑިވިއަން ރެޑް ކްރެސެންޓް އަދި އެހެނިހެން ސަރުކާރުގެ އިދާރާތަކާއި އަދި އާއްމު ފަރުދުން ދަނީ މަގުތަކުގައި ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސާ، ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީ ފޯރުވުމުގެ މަސައްކަތްކުރަމުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވަނީ ފެން ހިއްކުމުގެ އޮޕަރޭޝަން ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ކަޅުތުއްކަލާ ކޮށްޓަށްވެސް ޒިޔާރަތްކުރައްވާފައެވެ.އަދި ރައްޔިތުންނަށް އެހީތެރިވުމުގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ.