English Edition
Dhivehi Edition

ރަނގަޅު ސިއްހަތެއްގައި ހުންނަން ބޭނުން ނަމަ ނިދަން ޖެހެނީ 8 ގަޑިއިރުގައިކަން ނޭގޭ މީހަކު ވަރަށް މަދުވާނެއެވެ.ސައިންސްވެރިން ބުނާގޮތުގައި އިންސާނާއަށް އެންމެ ގިނަވެގެންވެސް ނިދުން އެންމެ ރަނގަޅީ 8 ގަޑިއިރަށެވެ.އަދި މަދުވެގެންވެސް ނިދަންޖެހެނީ 8 ގަޑިއިރަށެވެ.މިބުނާ މިންވަރަށްވުރެ ގިނައިން ނޫނީ މަދުން ނިދުން ބަދަލުކޮށްފިނަމަ މިކަމުގެ ސަބަބުން އިންސާނާގެ ހަށިގަނޑާއި ވިސްނުމަށް ބަދަލުތައް އާދެއެވެ.

ވަރަށް ފަހުން ނިދުމާގުޅޭގޮތުން ކުރި ދިރާސާ އެއްގައި ސައިންސްވެރިން ބުނެފައިވަނީ ރޭގަނޑު 8 ގަޑިއިރަށްވުރެ ގިނައިން ނިދުމަކީ ސިއްހީ އެކި މައްސަލަތަކާ ހެދި މީހާ އަވަހަށް މަރުވުމުގެ ފުރުސަތު އިތުރުވާ ކަމެކެވެ. އެގޮތުން، ނޭވާލާ ނިޒާމަށް މައްސަލަތައް ޖެހި، ހިތުގެ މައްސަލަތަކާ އެކު އުމުރު ކުރުވުމުގެ ފުރުސަތު ބޮޑު ކަމަށް އިނގިރޭސިވިލާތުގެ ކީލް ޔުނިވަސިޓީން ހެދި ދިރާސާއެއްގައި ބުންޏެވެ.

ދުވާލަކު 10 ގަޑިއިރު ނޫނީ 9 ގަޑިއިރަށް ނިދައިފިނަމަ އެމީހަކު ހަކުރުބަލިޖެހުމާ ވަރަށް ގާތެވެ.އަދި ފަލަވުމާ ބޮލުގައި ރިއްސާ މައްސަލަވެސް ކުރިމަތިވާނެއެވެ.ދިރާސާއިން ދައްކާ ގޮތުގައި 7-8 ގަޑިއިރަށް ނިދާ މީހަކާ އާޅާބަލައި 9-10 ގަޑިއިރަށް ނިދާ މީހަކަށް ފަލަވުމުގެ މައްސަލަ 21 އިންސައްތަ އިތުރެވެ.އަދި މިއީ ކެއުން އެއްވަރެއްގައި ހިފަހައްޓާ ކަސްރަތު ކުރިޔަސް ގިނައިން ނިދާ މީހުން ފަލަވާނެކަމުގެ ހެއްކެކެވެ.

މާ ގިނައިރަށް ނިދާނަމަ ބުރަކަށީގައި ރިއްސުމާއި ޑިޕްރެޝަންގެ މައްސަލަވެސް ކުރިމަތިވެއެވެ.ކުރީގައި މީހުންގެ ބުރަކައްޓަށް ތަދުވުމުން ޑޮކްޓަރަށް ދެއްކުމުން ވަކި ގޮތަކަށް އޮވެ ނިދަން ބުނެއެވެ.އެދުވަސްތައް މިހާރު ފާއިތުވެ ގޮސްފައިވާއިރު މިހާރު ޑޮކްޓަރުން ބުނާނީ ކަސްރަތު ކުރުމަށެވެ.ސަބަބަކީ ނިދުމަށްވުރެ ގިނައިން ކަސްރަތު ކުރުމުން ގައިގެ ރިހުންތައް ރަނގަޅުވާކަމެވެ.

މިކަންތައްތައް ހައްލުކުރަން 8 ގަޑިއިރަށް ނިދަން މަސައްކަތް ކުރަން ޖެހޭނެއެވެ.އަދި މިއައްވުރެ ގިނައިން ނިދޭނަމަ ޑޮކްޓަރަކަށް ދައްކައިގެން މިކަން ހައްލުކުރުން ވަރަށް މުހިންމެވެ.