English Edition
Dhivehi Edition

ފަތްޖަހައިލެވޭ ގޮތަށް ފަރުމާ ކުރާ ސްމާޓް ފޯނުގެ އަންނަ އަހަރު ބާޒާރަށް ނެރޭނެކަން ދެކުނު ކޮރެއާގެ މަޝްހޫރު ކުންފުނި ސެމްސަންގް އިން އިއުލާންކޮށް ފޯނުގެ ނަކަލެއް މިދިޔަ މަހުގެ ތެރޭގައި ދައްކާލައި ވަނިކޮށް އެ ކުންފުނީގެ ފަތްޖަހައިލެވޭ ފޯނުގެ ޓެކްނޮލޮޖީ މިވަނީ ވަގަށް ނަގާފައެވެ

ޗައިނާގެ ކުންފުނިތަކަކަށް ޓެކްނޮލޮޖީ ވިއްކަލި ނަމަވެސް އެ ދެ ކުންފުންޏަކީ ކޮބައިކަމާއި މިކަމުގައި ޝާމިލުވާ އެއްވެސް މީހެއްގެ ނަމެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް ޕްރޮސެކިއުޓާ އޮފީހުން ބުނީ “ސެމްސަންގްގެ ފްލެކްސިބަލް އޯލެޑް އެޖް ޕެނެލް 3ޑީ ލެމިނޭޝަން” ޗައިނާގެ ބަޔަކަށް ވިއްކައިލީ ސެމްސަންގްގެ ސަޕްލަޔަރެއް ކަމަށެވެ. އަދި ދެ ކުންފުންޏަކަށް ޓެކްނޮލޮޖީ ވިއްކައިލީ ގާތްގަނޑަކަށް 14 މިލިއަން ޑޮލަރަށް ކަމަށް ވެސް ޕްރޮސެކިއުޓަރުން ބުނެއެެވެ.

މި މައްސަލާގައި 11 މީހެއްގެ މައްޗަށް ދައުވާކޮށް، ތުހުމަތު ކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާ އިރު، ބާކީ ތިބި މީހުން ހޯދައި، ހައްޔަރު ކުރަން ވަނީ އިންޓަޕޯލްގެ އެހީތެރި ކަމަށް ވެސް އެދިފައެވެ.

މޮބައިލް ފޯން އުފައްދާ ވިޔަފާރި ކުރާ ބޮޑެތި ކުންފުނިތަކުން ފަތްޖަހައިލެވޭ ފޯނު އުފެއްދުމުގު ރެކޯޑް ހޯދަން ރެޔާދުވާލު މަސައްކަތް ކުރާއިރު، މިކަން ކާމިޔާބު ކުރި ފުރަތަމަ ކުންފުންޏަކީ ސެމްސަންގެވެ. މިހާރު ގިނަ ބަޔަކު އެންމެ ބޮޑަށް ބަލަން ބޭނުންވާ މި ވައްކަމުގައި ވާވޭއާ ގުޅުމެއްވޭތޯ އެވެ. އެއީ ޗައިނާ ނިސްބަތްވާ ސެމްސަންގްއާ އެންމެ ވަދަވެރި ކުންފުންޏަކަށް ވާވޭކަމަށް ވާތިއެވެ.