English Edition
Dhivehi Edition

ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އައްޔަން ކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޝިފާޒަށް މަގާމުގެ ފަތްކޮޅު ދެއްވާފައެވެ.

ޝިފާޒްގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް މީގެ ކުރިން އިތުރު ތިން ބޭފުޅަކުވަނީ އައްޔަންކުރައްވާފައެވެ. އޭނާގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރުންގެ ގޮތުގައި އައްޔަން ކުރައްވާފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން އަދާކުރެއްވި ކެރަފާ ނަސީމް އާއި އަލީ ޝިޔާމްއެވެ މީގެ އިތުރުން އެފެންވަރުގައި ޗީފް އޮފް ސްޓާފުގެ މަޤާމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރުވެސް ވަނީ އައްޔަން ކުރައްވާފައިވެއެވެ