English Edition
Dhivehi Edition

2019 ވަނަ އަހަރުގެ ޖެނުއަރީގައި ފަށަން ހަމަޖެހިފައިވާ ކޯސްތަކުގެ މައުލަުމާތު ދިނުމަށާއި ސްކޫލް ނިންމާ ކުދީންނަށް މަތީ ތައުލީމުގެ ފުރުސަތުތަކުގެ މައުލޫމާތު ދީ ކުރިޔަށް ދެވޭނެ ދާއިރާތަކާއި ބެހޭގޮތުން މައުލޫމާތު ދޭން ކެރިޔާ ގައިޑެންސް ސެޝަނެއް ބާއްވަން އެމްއެންޔޫ ހިތަދޫ ކެމްޕަހުން މިވަނީ ނިންމާފައެވެ.އެގޮތުން ހިތަދޫ ކެމްޕަހުން މައުލޫމާތުދިން ބޭފުޅަކު ވިދާޅުވީ މި ޙަރަކާތް ކުރިއަށްދާނީ މިމަހުގެ 24 ވަނަ ދުވަހުގައެވެ.

މި ކެރިޔާ ގައިޑެންސް ސެޝަން އޮންނާނީ 24 ވަނަ ދުވަހު ހަވީރު 1600 އަދި 1800 އަށެވެ.އަދި ރޭގަނޑު 2000 އިން 2200 އަށެވެ.މި ޙަރަކާތުގައި މައުލޫމާތު ދެއްވާނީ ކެމްޕަހުގެ ލެކްޗަރާއިންނެވެ.ސްކޫލް ނިންމާފައި ކުރިޔަށް ދާނެ ދާއިރާއެއް ނުނިންމި ތިބި ދަރިވަރުންނަށް މިއީ އެކުދީންނަށް ރަށގަޅު މައުލޫމާތުލިބި ފަސޭހައިން ކުރިޔަށް ދެވޭނެ މަގަކަށް ވާނެއެވެ.

މި ކެރިޔާ ގައިޑެންސް ސެޝަންއަށް ވަޑައިގަންނަވާ ބޭފުޅުންނަށް ޕިޒާއާއި އެކި ބުއިންތައްވެސް ހިލޭ ލިބިވަޑައިގަންނަވާނެއެވެ.