English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް ގއ. ވިލިނގިލީ ބްރާންޗް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ

ފުލުހުން ބުނީ ރޭ ފަތިހުގެ ވަގުތެއްގައި ވިލިގިލީ ބްރާންޗް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައި ވަނީ، އެތަނުގެ ފުރާޅު ހަލާކުކޮށްލައިގެން ވަދެ އެތަނުގެ ތެރޭގައި ހުރި ތިޗޫރިތަކެއް ހަލާކުކޮށްލައިގެންކަމަށެވެ. މީގެ އިތުރުން ފުލުހުން ބުނީ ސީދާ ވަގަށް ނަގާފައިވާ ފައިސާގެ އަދަދު ނޭގޭ ކަމަށާއި ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާކަމަށެވެ

މިކަމާއި ގުޅިގެން ބޭންކުން ނެރުނު ސްޓޭޓްމެންޓެއްގައި ބުނީ އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދ ފުލުހުންގެ ހާއްސަ ޓީމެއް ބްރާންޗް ތެރޭގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ ޓީމުން ހަރަކާތްތެރިވަމުން އަންނާތީ ބޭންކްގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ